މާލެ: 31°C

ހިޔާ ފްލެޓްގެ ކުލި 5300 އަށް ކުޑަކޮށްފި

ހިޔާ ފްލެޓްގެ ކުލި 5300 އަށް ކުޑަކޮށްފި
May 11, 2023
2 ފަހަރު ބަލާފައި
ހިޔާ ފްލެޓްގެ ކުލި 5300 އަށް ކުޑަކޮށްފި
ހިޔާ ފުލެޓުތަކުގެ ކުލި ހަތް އަހަރުގެ މުއްދަތަށް 5،300 އަށް ކުޑަކޮށް، އެކަން ސަރުކާރުން އިއުލާނު ކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ  ހިޔާ ފްލެޓްގެ ކުއްޔަށް މިއައި ބަދަލަކީ، ކުލި ކުޑަކުރުން ނޫން ކަމަށާއި ކުލި ދެއްކުމުގައި ލުއިކޮށްދިނުން ކަމަށެވެ. އެގޮތުން ކުލި ލުއިކޮށްދިނުމުގެ ގޮތުން  ހިޔާ ފުލެޓުތަކަށް ދައްކަން ޖެހޭ މަހު ކުލި ހަތް އަހަރު ދުވަހުގެ މުއްދަތަށް 5،300 އަށް ކުޑަކުރީ، މުއްދަތު އިތުރު ދެ އަހަރަށް (ޖުމުލަ 27 އަހަރަށް) ދިގު ކުރުމަށް ފަހުގައެވެ. މި ބަދަލުގެ ތަފުސީލު ހާމަ ކުރައްވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، ހިޔާ ފުލެޓުތަކުގެ ކުލި ޖުމުލަ 25 އަހަރަށް ބަހާލައިގެން މިހާރު މަހަކު ދައްކާ 7،500 ރުފިޔާއިން، ހަތް އަހަރު ދުވަހުގެ މުއްދަތަތުގެ ތެރޭގައި ދައްކަ ކުލީގެ 2،200 ރުފިޔާ އުނިކުރީ ކަމަށެވެ. މި ބަދަލާ އެކު ފުރަތަމަ ހަތް އަހަރުގެ މުއްދަތަށް  މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5،300 ރުފިޔާއެވެ. އެހެންކަމުން، މި ބަދަލުގެ ސަބަބުން ޖުމުލަ ދައްކަން ޖެހޭ ކުލީގައަގު ކުޑައެއް ނުވެއެވެ. ކުރިން 25 އަހަރަށް ބަހާލައިގެން ދެއްކި ކުލި، 27 އަހަރަށް ބަދަލު ކޮށް ބަހާލީއެވެ. މަހު ކުލީގެ އިތުރުން މެއިންޓެނެންފް ފީ ވެސް ހިމަނާތީ، ހިޔާފްލެޓް ތަކުގެ ކުލީގެ ގޮތުގައި ޖެެހެނީ، 8،500 އެވެ. މިގެނެވުނު ބަދަލާ އެކު މި އަގ ު6،300 ރުފިޔާއަށް ކުޑަވެެގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ