މާލެ: 31°C

ހިތެއްހެން ފެންގަނޑެއް ކޮނެ، ބޮޑު ސަރަހައްދެއް ހަލާކު ކުރުމުން އައްޑޫ ކައުންސިލް 30 މިލިޔަނުން ޖޫރިމަނާކޮށްފި

January 31, 2023
2 ފަހަރު ބަލާފައި
ހިތެއްހެން ފެންގަނޑެއް ކޮނެ، ބޮޑު ސަރަހައްދެއް ހަލާކު ކުރުމުން އައްޑޫ ކައުންސިލް 30 މިލިޔަނުން ޖޫރިމަނާކޮށްފި
ހިތެއްހެން ފެންގަނޑެއް ކޮނެ، ބޮޑު ސަރަހައްދެއް ހަލާކު ކުރުމުން އައްޑޫ ކައުންސިލް 30 މިލިޔަނުން ޖޫރިމަނާކޮށްފި
އައްޑޫ ހިތަދުއާ ގުޅައިލާފައިވާ ރުއްޖެހެރަ ނަމަކަށް ކިޔާ ފަޅުރަށުން ބޮޑު ސަރަހައްދެއް ކޮނެ، "ހިތުގެ ބައްްޓަމަށް" ފެންގަނޑެއް ކޮނުމުން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އައްޑޫ ސިޓީ ކައުންސިލް 30 މިލިޔަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ. އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރުއްޖެހެރަ ސަރަހައްދުގައި ގަވައިދާ ހިލާފަށް ކޮށްފައިވާ މަސައްކަތް އެ އެޖެންސީން ބެލީ ލިބުނު ޝަކުވާއަކާ ގުޅިގެން ކަމަށެވެ. އެ އެޖެންސީއަށް ހުށަހެޅި ޝަކުވާ އަކީ ރުއްޖެހެރަ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި އެ ސަރަހައްދުގައި ފެންގަނޑެއް ކޮނެފައިވާ ކަމުގެ ޝަކުވާއާ އާއި އެ ސަރަހައްދުގެ ގޮނޑުދޮށަށް ވެލި އަޅާފައިވާ ކަމުގެ ޝަކުވާ އެވެ. [embed]https://twitter.com/EPAMaldives/status/1620354668533780480?s=20&t=7nYlUMB_VLqTEX1Om7qlLw[/embed] އެ ޝަކުވާއާ ގުޅިގެން އީޕީއޭއިން ބެލި އިރު ރުއްޖެހެރަ ސަރަހައްދުން 17،818.09 އަކަމީޓަރުގެ ސަރަހައްދަކުން ރުއްގަސް ކަނޑައި ބިންސާފުކޮށްފައިވާ ކަމަށާއި ސާފުކުރި ސަރަހައްދު ކޮގެނެގެން 1،712.26 ކޮޑިމީޓަރުގެ ވެލި ނަގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. "...ގަވާއިދާ ހިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ވަނީ ދެނެގަނެވިފައެވެ،" އީޕީއޭގެ ބަޔާނުގައި ބުންޏެވެ. ރުއްޖެހެރަ އަށް އެ ގެއްލުންތައް ދީފައި ވާތީ އީޕީއޭއިން އައްޑޫ ސިޓީކައުންސިލް ޖޫރިމަނާކުރީ ދެ ގަވައިދެއްގެ ދަށުންނެވެ. އެއީ ތިމާވެށްޓަށް އަަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދެވެ. އީޕީއޭއިން ބުނި ގޮތުގައި އެ ސަރަަހައްދަށް ދީފައިވާ ގެއްލުންތަކާ ގުޅިގެން އައްޑޫ ސިޓީކައުންސިލް  30,897,955.00 (ތިރީސް މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް ފަސް) ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެންގީ އިއްޔެ އެވެ. ރުއްޖެހެރަ އަށް އެހާ ބޮޑު ގެއްލުމެއް ދީގެން އައްޑޫ ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ކުރަން އުޅުނީ ކޮން މަސައްކަތެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެ ރަށުގެ ބޮޑުބައެެއް މިހާރު ބޭނުންކުރަމުން އަންނަނީ ހިތަދޫ ކުނިކޮށީގެ ގޮތުގަ އެވެ. އެކަމަށް އެރަށުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބޭނުންކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ