އެ ހަތިޔާރުތައް ބޭނުންކޮށްގެން ފިހާރައިގެ ސޭޓަށް ބިރުދައްކާ މަރާލާނެ ކަމަށް ބުނާތަން އެ ވީޑިއޯއިން އިން ފެނިގެންދެއެެވެ.
ފުލުހުން ބުނީ މި ހާދިސާ އާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ކޯޓު އަމުރެއްގެދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެއީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.
ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މީހާގެ ބަންދަށް 30 ދުވަސް
ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މީހާގެ ބަންދަށް 30 ދުވަސް
ލިޔުން:
އައްޑޫ ސިޓީ ހިތަދޫ ފިހާރަ އަކަށް ވަދެ ބިރު ދައްކާ ފޭރުނު މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
ހިތަދޫ ފިހާރަ އަކަށް ވަދެ ބިރުދައްކާ ފޭރުނު ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފޭރުމަށް ފިހާރައަށް ވަންނަނީ ދެ މީހެކެވެ. އެކަކުގެ އަތުގައި ވަޅިއެއް އޮތް އިރު، ދެވަނަ މީހާ އަންނަނީ ލަޓިބުރިއެއް ހިފައިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
