މާލެ: 31°C
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން ސަސްޕެންޑްކޮށްފި

ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން ސަސްޕެންޑްކޮށްފި

July 13, 2023
2 ފަހަރު ބަލާފައި
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން ސަސްޕެންޑްކޮށްފި
އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ސަސްޕެންޑްކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި، ރަފީއުއްދީން ސަސްޕެންޑް ކުރަން ނިންމީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގެ ބަޔާންތަކުގައި ސޮއިކުރެވިފައި ނުވާތީ ކަމަށާއި، އެހެން ދުވަހަކަށް ހުކުމް ކުރުމަށް ތާވަލުކުރާނެ ކަމަށް ޝަރީއަތުން ބުނެ، ހުކުމްކޮށްފައި ނުވާތީ ކަމަށެވެ. އަދި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލު ނުކޮށް 1 އަހަރާއި 5 މަހާއި 19 ދުވަސް ހޭދަކުރި މައްސަލާގައި ކަމަށް ވެސް ޖޭއެސްސީ އިން ބުންޏެވެ. މީގެ އިތުރުން ޖޭއެސްސީއިން ބުނީ، ދައުވާ ލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ހުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް ވަނިކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން ވެސް މައްސަލަ އަނބުރާ ފޮނުވައިދީފައިވާ ކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގޭތީ ކަމަށެވެ. އެހެން ކަމުން  ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ ހުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީއުއްދީންގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާތީ ކަމަށާއި، އޭނަގެ އެ ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށްކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ިވަނޫ ބުނެފައެވެ. އެހެންވެ މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ ހަތް ދުވަހަށް ރަފީއުއްދީން ސަސްޕެންޑް ކުރުމަށް އިއްޔެ ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ