މާލެ: 31°C

ހިރިލަންދޫ ގެއަކަށް ވަދެ ބިރުދައްކާ، މާރާމާރީ ހިންގައިފި

ހިރިލަންދޫ ގެއަކަށް ވަދެ ބިރުދައްކާ، މާރާމާރީ ހިންގައިފި
May 1, 2023
2 ފަހަރު ބަލާފައި
ހިރިލަންދޫ ގެއަކަށް ވަދެ ބިރުދައްކާ، މާރާމާރީ ހިންގައިފި
ތ. ހިރިލަންދޫ ގެއެއްގެ ތެރެއަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ ބަޔަކު މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން ބުނީ، ރޭ 22:00 ގައި އެމާރާމާރީގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި ރޭ 22:15 ގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން އިންޒާރުދިފައިވާ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީގައި 49 އަހަރުގެ މީހަކާއި. 43 އަހަރުގެ މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި، އެދެމީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިކަމާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމަންއަމާންކަން ނަގާލި މަައްސަލައެއްގައި 36 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ