
ހިންނަވަރު މީހުން ވޯޓުލާން މާލޭގައި ބެހެއްޓި ފޮށީގެ ވޯޓުތައް އިރައިލަން މަސައްކަތްކޮށްފި
ހިންނަވަރު މީހުން ވޯޓުލާން މާލޭގައި ބެހެއްޓި ފޮށީގެ ވޯޓުތައް އިރައިލަން މަސައްކަތްކޮށްފި
ލިޔުން:
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޅ.ހިންނަވަރު ދާއިރާގެ މެމްބަރުން ވޯޓުލާން އިސްކަންދަރު ސްކޫލުގައި ބެހެއްޓި ވޯޓުފޮށީގެ ވޯޓުތައް އިރައިލަން ބަޔަކު މަސައްކަތްކޮށްފި އެވެ.
އިސްކަންދަރު ސްކޫލުގައި އެ ހަމަނުޖެހުން ހިނގި އިރު އެތަނުގައި ހުރި "މިނިވަން"ގެ ނޫސްވެރިއަކު ބުނި ގޮތުގައި ވޯޓު ގުނަން ތައްޔާރުވި ވަގުތު ވޯޓުތައް އިރައިލަން މަސައްކަތްކުރީ ދެމީހެކެވެ. ވޯޓު ގުނުމަށް ޓަކައި މޭޒުމައްޗަށް ވޯޓުކަރުދާސްތައް އޮއްސައިލުމާ އެކު ދެމީހަކު ގޮސް ކަރުދާސްތައް ދަމައިގަނެ އިރައިލަން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެތަނުގައި ތިބި އިންތިހާބީ އޮފިޝަލުންނާއި ފުލުހުންގެ މަސައްކަތުން އެކަން ހުއްޓުވި ކަމަށް ވެސް އޭނާ ބުންޏެވެ.
އިސްކަންދަރު ސްކޫލުގައި ތިބި ފުލުހުން ވަނީ އެ ހަމަނުޖެހުން ވަރަށް އަވަހަށް ކޮންޓްރޯލް ކޮށްފަ އެވެ. އެހެންވެ އެ ފޮށީގެ ވޯޓު ވެސް މިހާރު އަންނަނީ ގުނަމުންނެވެ.
އެމްޑީޕީން މިއަދު ބޭއްވި ޕްރައިމަރީގައި ވޯޓުލީ ގިނަ ފޮށިތަކެއްގެ ވޯޓު މިހާރު ގުނައި ނިމިފައި ވާއިރު ކުރީގައި އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިހައިތަނަށް ގުނި ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު އެމަނިކުފާނު ވަނީ ވޯޓުގެ 60 ޕަސެންޓަށް ވުރެ ބޮޑު ބައި ކާމިޔާބުކުރައްވަައިފަ އެވެ.
މިއަދު ވޯޓުލުން ކުރިއަށް ގެންދިޔަ އިރު ބައެއް މަރުކަޒުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައިގެން ވޯޓުލުން ވަގުތީ ގޮތުން ހުއްޓައިލަން ވެސް ޖެހުނެވެ. އެގޮތުން ގދ. ތިނަދުއާއި އެެއަތޮޅު ރަތަފަންދުއާއި ގައްދޫގައި ވެސް ހަމަނުޖެހުންތައް ހިނގި އެވެ. ހަމަނުޖެހުން ބޮޑުވި އަނެއް ރަށަކީ ތ.މަޑިފުށްޓެވެ. ގދ. ތިނަދުއާއި ރަތަފަންދޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
