މާލެ: 31°C
  މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

5 އޯގަސްޓު 2026
891 ފަހަރު ބަލާފައި
މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 3 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަންގައި، އެރަށުު މަގުމަތިން އެރަށު ޕާމްލޮޖް އިބްރާހީމް އަލީފް (36އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 5.5 ގްރާމް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާތީ އޭނާ ހައްޔަރުކޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ