މާލެ: 31°C

ހިންދީ ފާދިރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

January 21, 2025
125 ފަހަރު ބަލާފައި
ހިންދީ ފާދިރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި އިސްތިހާރު ކުރަމުންދާ ހިންދޫ ފާދީރީއެއްގެ މައްސަލަ ފުލުހުންގެ ބަލަން ފަށައިފި އެވެ.

ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި އިސްތިހާރު ކުރަމުންދާ ހިންދޫ ފާދީރީއެއްގެ މައްސަލަ ފުލުހުންގެ ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ "މާސްޓާ ދުރްގާ ރާއޯ ގުރުޖީ" އަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފޭސްބުކްގައި އެ މީހާ ހިންގާ ޕޭޖުގައި ބުނީ ހޮރޮސްކޯޕް މެދުވެރިކޮށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމަށެވެ. އޭނާއާ ގުޅޭނެ ނަންބަރެއްވެސް އެ ޕޯސްޓުގައި ލިޔެފައި އޮތެވެ.

ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު އެފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައިވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ