މައުލޫމާތު ލިބިފައިވާ ގޮތުގައި 4 ބްލޮކް ހިމެނޭ ގޮތަށް އާބަންކޯއިން ގާއިމް ކުރި މި ޖަލުގައި، ޖާގައިގެ ގޮތުން މީގެއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބެހެއްޓޭނެއެވެ. އަދި ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތްކޮށްފައިވާއިރު، އަދި މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް އެ ކުންފުނިން ވާނީ ކޮށްފައެވެ.
މާލެ ޖަލު ހުރި ސަރަހައްދު ހުސްކޮށް ހިންމަފުށީގައި ގާއިމްކުރި ޖަހުގެ މަސައްކަތްތައް ނިންމާލުމަށް ފަހު އާބަންކޯ ފަރާތުން މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައެވެ.
އާބަންކޯގެ މައިގަނޑު މަސައްކަތަކީ ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ނަމަވެސް ހިންމަފުށީ ޖަލުގެ މަސައްކަތަކީ މި ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން، ކޮމިއުނިޓީ ރެސްޕޮންސް ޓީމުން ކޮށްދެއްވި މަސައްކަތެކެވެ.






