މާލެ: 31°C

ހިމާލިއާގެ ހިރަފުސްގަނޑާާ ހެދި ރާއްޖެ ފުސްވެއްޖެ

December 1, 2022
2 ފަހަރު ބަލާފައި
ހިމާލިއާގެ ހިރަފުސްގަނޑާާ ހެދި ރާއްޖެ ފުސްވެއްޖެ
ހިމާލިއާގެ ހިރަފުސްގަނޑާާ ހެދި ރާއްޖެ ފުސްވެއްޖެ
ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރިމަތިވެފައިވާ ޖައްވު ނުސާފުވުުގެ މައްސަަލަ އަކީ ހިމާލިއާ ސަރަހައްދުން ފެތުރިގެން އުޅޭ ހިރަފުހާއި ދުމުގެ ސަަބަބުން ދިމާވާ ކަމެއް ކަމަށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ބުނެފި އެވެ. މެޓް އޮފީހުން ބުނި ގޮތުގައި ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވާ ދުވަސްވަރު، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާހަމައަށް ފޯރައެވެ. އޭގެ ސަބަބުން، އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދައްވާނެކަމަށް ވެސް އެއޮފީހުން ބުންޏެވެ. މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ޑިސެމްބަރު މަހުން ފެށިގެން ގޮސް މާރޗު މަހުގެ ނިޔަލަށެވެ. [embed]https://twitter.com/MetMaldives/status/1598204546832293888?s=20&t=u6y6tHdIoyj4THH83MCkbA[/embed] މީގެ ދެތިން ދުވަހެއް ކުރިން ފެށިގެން މާލެ ސަރަހައްދުގެ ޖައްވު ވެސް ވަނީ ވަރަށް ބޮޑަށް ނުސާފުވެފަ އެވެ. މާލެ ސަރަހައްދުގައި ދުރު ފެންނަ މިންވަރު މިއަދު ހެނދުނު ވަރަށް ދަށްވި އެވެ. އެގޮތުން މާލެއާ އެންމެ ކައިރީގައި ހުރި ރަށްތައް ވެސް މިއަދު ފެންނީ ވަރަށް ފުސްކޮށެވެ. މެޓް އޮފީހުން ބުނި ގޮތުގައި މޫސުން ރަނގަޅު ދުވަަސްވަރު ރާއްޖޭގައި ދުރު ފެންނަ މިންވަރު (ވިސިބިލިޓީ) އާއްމުކޮށްް ހުންނަނީ 10 ކިލޯމީޓަރުގަ އެވެ. އެހެން ނަމަވެސް މި ދުވަސްވަރު ދުރުފެންނަ މިންވަރު ހުރީ ގާތްގަނޑަކަށް ހަތަރު ފަސްކިލޯމީޓަރުގައި ކަމަށެވެ. [embed]https://twitter.com/MetMaldives/status/1473209423212339201?s=20&t=u6y6tHdIoyj4THH83MCkbA[/embed] މިހިރަފުހުގެ ސަބަބުން، ހާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާއްތަކަށް އުނދަގޫވުން ގާތްކަމަށް މެޓް އޮފީހުން ބުންޏެވެ އަދި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭން އެ އިދާރާއިން އިލްތިމާސްކުރެ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ