މާލެ: 31°C
'ހިމަބިހި' ޖެހިފައިވާ މީހަކު ރާއްޖެ އިން ފެނިއްޖެ

'ހިމަބިހި' ޖެހިފައިވާ މީހަކު ރާއްޖެ އިން ފެނިއްޖެ

July 27, 2023
2 ފަހަރު ބަލާފައި
'ހިމަބިހި' ޖެހިފައިވާ މީހަކު ރާއްޖެ އިން ފެނިއްޖެ
މިމަހުގެ 25 ވަނަ ދުވަހު މާލެ ސަރަހައްދުން، ދިވެއްސަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފި އެވެ. އެޗްޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއީ "އިމްޕޯޓެޑް" ކޭސް އެއް ކަމަށެވެ. މާނައަކީ އޭނާ އަށް އެބަލި ޖެހިފައި ވަނީ ރާއްޖެ އިން ބޭރުން ނެވެ. ބަލިޖެހިފައިވާ މީހާގެ ހާލު ހުރިގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ބުންޏެވެ، އަދި އޭނާ އަކީ މީސްލްސްގެ ދެޑޯޒް ވެކްސިން ވެސް ފުރިހަަމަ ކޮށްފައިވާ މީހެއް ކަމަށް ވެސް ވެއެވެ. މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރުހަމަ ކުރުމުން ބަލި ޖެހުމުގެ ފުރުސަތު 97 ޕަސެންޓަށް ކުޑަވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މި ބައްޔަކީ ހަލުވިކަމާ އެކު ފެތުރޭ ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، ވެކްސިން ޖެހިޔަސް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެޗްޕީއޭ އިން ބުނީ ހިމަބިއްސަށް ޕޮސިޓިވް ވި މީހާ ދަތުރުކޮށްފައިވާތީ، އެމީހާ އާ ކޮކްޓެކްޓްވި، މީހުނާއި، ގޭތެރެއާ ހޮސްޕިޓަލުން ވެސް އެމީހާ އާ ކޮންޓެންކްޓްވި މީހުންގެ މައުލޫމާތު ހޯދަމުންދާ ކަމަށެވެ. " އެފަރާތްތަކަށް އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދީ، އޭގެ ތެރެއިން މީސްލްސް ވެކްސިން ނުޖަހާ ތިބި ފަރާތްތަކަށް ވެކްސިން ދެވޭނެ، މީގެ އިތުރުން ބަލިޖެހިފައިވާ ފަރާތް ހިމެނޭ ސަރަހައްދުގައި، ކަނޑައެޅިފައިވާ އުސޫލުން، ރިންގް ވެކްސިނޭޝަން ކުރިއަށް ގެންދެވޭނެ" އެޗްޕީއޭގެ ބަޔާނުގައިވެ އެވެ. ހިމަބިހީގެ މައިގަނޑު އަލާމާތް ތަކަކީ، ހުން އައުމާއި ހަންގަނޑުގައި ރަތްކުލައިގެ ބިހި ތަކެއް ނެގުމެވެ. އޭގެ އިތުރުން ކެއްސުމާއި އަރުދަފުސް ފޭބުމާއި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ފެނިދާނެ އެވެ. އެއްވެސް މީހަކަށް މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް، އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ