މާލެ: 31°C
ހިލޭ ބަހާ ކާޑު ދެން ދޫކުރާނީ ރޭގަނޑު އެކަނި

ހިލޭ ބަހާ ކާޑު ދެން ދޫކުރާނީ ރޭގަނޑު އެކަނި

March 13, 2024
2 ފަހަރު ބަލާފައި
ހިލޭ ބަހާ ކާޑު ދެން ދޫކުރާނީ ރޭގަނޑު އެކަނި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ކޮންމެ ގޭބިސީއަކަށް ހިލޭ ހަދިޔާކުރަމުން އަންނަ ކާޑުގެ ބާވަތްތައް މިއަދުން ފެށިގެން ދޫކުރާނީ ހަމައެކަނި ރޭގަނޑު ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ. ސަރުކާރުން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ ގޭބީސީއަކަށް 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް ނިންމައިފައެވެ. އެގޮތުން، ސިޓީ ކައުންސިލުން ބުނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދުވާލުގެ ވަގުތުގައި ވެސް ހިލޭ ކާޑު ދޫކުރުން ކުރިއަށްގެންދިޔަ ނަމަވެސް މިއަދުން ފެށިގެން ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ރޭގަނޑު 09:00 ން 12:00 ށް ކަމަށެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ދުވާލު ވަގުތުގައި ތަކެތި ބަލާ ދާން ރައްޔިތުންނަށް ދަތިވާތީއެވެ.

މާލއ ސަރަހައްދުގައި ކާޑު ބަހާ ތަންތަން:

  • ގަލޮޅު ދަނޑު
  • ސިިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭބައި
  • ސޯޝަލް ސެންޓަރު
  • ވިލިމާލެ/ބިއްރި މިސްކިތް ހޯލު
  • ހުޅުމާލެ ފޭސް އެކެއް – އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ ފޭސް ދޭއް – ހިޔާ ޓަވަރު 10 ޔޫތު ސެންޓަރު
އާދިއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ޖުމްލަ 1،723 ބަސްތާގެ ހަނޑޫ އަދި ފުށް ދޫކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. އޭގެ އިތުރުން، ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ވަނީ މިދިޔަ ބުދަ ދުވަހު ދޯނިތަކަށް ބަރުކުރަން ފަށާފައެވެ. އަދި އެ މުދާ ގޭބީސީތަކަށް ދޫކުރާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހުއެވެ. ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް، ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންނަން ޖެހެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ