މާލެ: 31°C
ހިލޭ ބަހާ ކާޑު ބަލައި ދާން ޖެހޭނީ މީޓަރު ނަމްބަރާއި އައިޑީ ކާޑު ހިފައިގެން!

ހިލޭ ބަހާ ކާޑު ބަލައި ދާން ޖެހޭނީ މީޓަރު ނަމްބަރާއި އައިޑީ ކާޑު ހިފައިގެން!

March 9, 2024
2 ފަހަރު ބަލާފައި
ހިލޭ ބަހާ ކާޑު ބަލައި ދާން ޖެހޭނީ މީޓަރު ނަމްބަރާއި އައިޑީ ކާޑު ހިފައިގެން!
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ކާޑު ހިލޭ ދޫކުރަން މިއަދު ފަށާފައިވާއިރު، ކާޑު ބަލައި ދާންޖެހޭނީ ގޭބިސީގެ މީޓަރ ނަންބަރާއި އައިޑި ކާޑު ހިފައިގެން ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ. ސަރުކާރުން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ ގޭބީސީއަކަށް 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް ވަނީ ނިންމައިފައެވެ. އެސްޓީއޯއިން ބުނީ މިހާރު މި ކާޑުގެ ބާވަތްތަށް ގެނެސް ގުދަންކޮށް ނިންމާފައިވާ ކަމަށާއި މިއަދު ހެނދުނުން ފެށިގެން ކާޑުގެ ބާވަތްތަށް ދޫކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން، މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މާލެ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށެވެ. މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތެއް ސިޓީ ކައުންސިލުން ނުކުރާނެއެވެ. ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މުދާތައް ދޫކުރާނީ ރަށު ކައުންސިލުންނެވެ. މާލޭގައި ކާޑު ދޫކުރާނެ ގަޑިތަކަކީ، ހެނދުނު 10:00 އިން ހަވީރު 16:00 އާއި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު އެ މަސައްކަތް ކުރިއަަށްދާނީ ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށެވެ. ރޭގަނޑު 21:00 އިން 23:30 އަށެވެ.

މާލޭގައި ކާޑު ބަހާ ތަންތަން:

  • ގަލޮޅު ދަނޑު
  • ސިިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭބައި
  • ސޯޝަލް ސެންޓަރު
  • ވިލިމާލެ/ބިއްރި މިސްކިތް ހޯލު
  • ހުޅުމާލެ ފޭސް އެކެއް - އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ ފޭސް ދޭއް - ހިޔާ ޓަވަރު 10 ޔޫތު ސެންޓަރު
އެސްޓީއޯއިން މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ