މާލެ: 31°C

ހައިވޭގައި ބަހައްޓާފައިހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

February 1, 2025
627 ފަހަރު ބަލާފައި
ހައިވޭގައި ބަހައްޓާފައިހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ހައިވޭގައި ބަހައްޓާފައިހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

    
ހައިވޭގައި ބަހައްޓާފައިހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހެނދުނު 8:19 ހާކަންހާއިރު ހައިވޭ ގެ ހުޅުމާލެއިން މާލެއަށް ދުއްވާ ފަޅީގައި ހިނގި އެކްސިޓެންޓެއްގައި މީހަކު މަރުވެފައިވާ ކަމަށާއި، މި އެކްސިޑެންޓް ވާން ދިމާވީ ސިނަމާލޭ ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ކަމަށެވެ.

އަދި އެ ލޭނުގައި ބަހައްޓާފައިވާ ކޯނަކީ އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސޯލާޕެނަލްތަކުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ބަހައްޓާފައި ހުރި ކޯނެއްކަމަށާއި، އެ އެކްސިޑެންޓުގައި މަރުވެފައި ވަނީ ބަންގްލާދޭޝް ފިރިހެނެއް ކަމަށާއި، އޭނާ މަރުވީ އެކްސިޑެންޓުވުމުން ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސް ފައި ވަނިކޮށް ހެނދުނު 9:05 ހާއިރު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އަދި މި މައްސަލަ އިތުރަށް ބަލަމުންގެންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ