މާލެ: 31°C
ޚިދުމަތުގައި ގިނަ ދުވަސްވީ ސިފައިންނަށް ގެދޮރުވެރިކަން މިލްކު ކޮށްދެނީ

ޚިދުމަތުގައި ގިނަ ދުވަސްވީ ސިފައިންނަށް ގެދޮރުވެރިކަން މިލްކު ކޮށްދެނީ

April 28, 2024
3 ފަހަރު ބަލާފައި
ޚިދުމަތުގައި ގިނަ ދުވަސްވީ ސިފައިންނަށް ގެދޮރުވެރިކަން މިލްކު ކޮށްދެނީ
ޚިދުމަތުގައި ގިނަ ދުވަސްވީ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވާނެ ގޮތް، ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވާނެ ކަމަށް ދިފާޢީ ވަޒީރު ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.ކުރު ވަޒީރު މިފަދައިން ވިދާޅުވީ، ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ސިފައިންނަށް ސްކޮލަރޝިޕް މެދުވެރިކޮށް ކިޔެވުމުގެ ފުރުސޞަތު ފަހި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވައި ސިފައިންނަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް  ރައީސް ޑރ. މުއިއްޒު ކޮށްދެއްވާ މަސައްކަތަށް ދިވެހި ސިފައިންގެ ނަމުގައި އެމަނިކުފާނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ދިފާއީ ވަޒީރު ވިދާޅުވީ، ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިންނަވާ ބޭފުޅުންގެ ކުރި މަގަށް ވިސްނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން، ދިވެހި އަސްކަރިއްޔާ އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ދިވެހި ސިފައިންނަށް ފަރުދީ ގޮތުން ބޭނުންވާ ކަންކަން ޙާޞިލްކޮށްދެއްވުމަށްވެސް އެމަނިކުފާނު ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. "އެމަނިކުފާނުގެ ވިސްނުންފުޅުގަ އޮތީ ދިވެހި ސިފައިންގެ ޚިދުމަތަކީ ޒުވާނުންނަށް ކެރިއާ ޕާތެއްގެ ގޮތުގަ ހަމަޖައްސަވައިދެއްވުން. އޭގެ މާނައަކީ ތި ޒުވާނުންނެކޭ އެއްފަދައިން ސްކޫލް ދައުރު ނިންމަވާ އެހެން ޒުވާނުންވެސް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިން އަސްކަރީ ނޫން ޤައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް، މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިންގ ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުން ކުދިން މެޑިސިން ހަދަން ސްކޮލަރޝިޕްގެ ފުރުސަތުތައް ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ވަނީ ފައްޓާވާފަ." ދިފާއީ ވަޒީރު ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ