މާލެ: 31°C
ފެށޭ ދިރާސީ އަހަރު ވަކި މާއްދާއެއް ގޮތަށް 'ގައުމިއްޔަތު' ކިޔަވާދޭން ނިންމައިފި

ފެށޭ ދިރާސީ އަހަރު ވަކި މާއްދާއެއް ގޮތަށް 'ގައުމިއްޔަތު' ކިޔަވާދޭން ނިންމައިފި

January 14, 2024
3 ފަހަރު ބަލާފައި
ފެށޭ ދިރާސީ އަހަރު ވަކި މާއްދާއެއް ގޮތަށް 'ގައުމިއްޔަތު' ކިޔަވާދޭން ނިންމައިފި
ދެން ފެށޭ ދިރާސީ އާ އަހަރާ އެކު ވަކި މާއްދާއެއް ގޮތުގައި 'ގައުމިއްޔަތު' ކިޔަވައިދޭން ފަށަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ފެށޭ ދިރާސީ އާ އަހަރުން ފެށިގެން ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދޭން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ގައުމިއްޔަތަށް ލޯބި ޖެއްސުމަށްޓަކާ، އެ މާއްދާ އަންނަ ދިރާސީ އަހަރު ސަރުކާރު ސުކޫލުތަކުގައި ކިޔަވާދޭނެކަމަށެވެ.
"އާ އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ސަރުކާރު ސުކޫލުތަކުގައި ކިޔަވައިދިނުމަށ ކުރަން ޖެހޭ މަސައްކަތްތަކުގެ ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ގެންިދއުމަށް ނިންމުނު"

ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ