
ހެންވޭރުގައި ހުރި އޮފީހެއް ފަޅާލައި 7 ލައްކައަށް ވުރެން ގިނަ ރުފިޔާ ވަގަށް ނަގި މީހަކު ހައްޔަރުކޮށްފި
ހެންވޭރުގައި ހުރި އޮފީހެއް ފަޅާލައި 7 ލައްކައަށް ވުރެން ގިނަ ރުފިޔާ ވަގަށް ނަގި މީހަކު ހައްޔަރުކޮށްފި
ލިޔުން:
މާލޭ ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގަ ހުރި އޮފީހެއް ފަޅާލައި 7 ލައްކަ އަށްވުރެން ގިނަ ރުފިޔާ ވަގަށް ނެގި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ހެންވޭރު ގެ އެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި 7 ލައްކައަށްވުރެ ގިނަ އަދަދެއްގެ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލަ މިމަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެމައްސަލައިގެ ތުހުމަތުގައި މާލެއިން 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު ވަނީ، އޭނާ ދިރިއުޅުނު ތަންތަން ބަލައި ފާސްކޮށް، 5 ލައްކައަށްވުރެ ގިނަ އަދަދެއްގެ ރުފިޔާ ހޯދިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިމައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
