
ހެންވޭރުގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ހެންވޭރުގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ލިޔުން:
މިއަދު މާލެ ސިޓީ ހެންވޭރުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓްލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް، ހެންވޭރު ލޮނުޒިޔާރަތްމަގާއި، މޫނިމާ ހިނގުން، ކިނބިގަސް މަގު، ޖަނަވަރީ ހިނގުން އަދި މުތްތޮށި ގޯޅި ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 9:30 އިން 11:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭގެ އިތުރުން، ހެންވޭރު ލޮނުޒިޔާރަތް މަގު، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން މިހާރު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
"މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން." އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑިގެން ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
