މާލެ: 31°C
ހެލިކޮޕްޓަރުގެ ހިދުމަތަށް ލީގަލް ކޮންސަލްޓަންޓަކު ހޯދަން އިއުލާންކޮށްފި

ހެލިކޮޕްޓަރުގެ ހިދުމަތަށް ލީގަލް ކޮންސަލްޓަންޓަކު ހޯދަން އިއުލާންކޮށްފި

March 2, 2024
2 ފަހަރު ބަލާފައި
ހެލިކޮޕްޓަރުގެ ހިދުމަތަށް ލީގަލް ކޮންސަލްޓަންޓަކު ހޯދަން އިއުލާންކޮށްފި
ރާއްޖޭގައި އިމަޖެންސީ ހާލަތްތަކުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމާ ގުޅޭ ކަންކަމަށް ލީގަލް ކޮންސަލްޓަންޓަކު ހޯދަން އިއުލާންކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިކަމަށް ބޭނުން ވަނީ ކަމުގެ ތަޖުރިބާހުރި ގާބިލު ފަރާތެއް ކަމަށެވެ. އެހެންކަމުން، ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ލީގަލް ކޮންސަލްޓަންކު ހޮވުމުގައި މައިގަނޑި ދެ ކަމަކަށް ބަލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ތަޖުރިބާ އާއި ގާބިލު ކަމަށް 75 ޕަސެންޓް އަދި ކޮންސަލްޓަންޓަކު ހޮވުމުގައި ހުށަހަޅާ އަގަށް 25 ޕަސެންޓް މާކްސް ދޭނެއެވެ. ރާއްޖޭގައި މިހާރު އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ބޭނުން ކުރެއެވެ. އެއީ ރާއްޖޭގެ ދެކުނުން އައްޑު އާއި އުތުރުން ހަނިމާދޫގައެވެ. ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަން ތިބެނީ އިންޑިއާގެ ސިފައިންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓާއި ޑޯނިއާ މަތިންދާބޯޓް ކަންކަމަށް ތިބޭ އިންޑިއާ ސިފައިން ފޮނުވައިލަން ނިންމައިފައެވެ. އެގޮތުން އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ވަނީ ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް މަދަނީންތަކެއް ގެނެސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ