މާލެ: 31°C

ހެއްކާބެހޭ ބިލް އިސްލާހުނުކޮށް މަޖްލިސް ޗުއްޓީއަށް ދިއުމުން އެމްއެމްސީގެ ކަންބޮޑުވުން

ހެއްކާބެހޭ ބިލް އިސްލާހުނުކޮށް މަޖްލިސް ޗުއްޓީއަށް ދިއުމުން އެމްއެމްސީގެ ކަންބޮޑުވުން
April 27, 2023
2 ފަހަރު ބަލާފައި
ހެއްކާބެހޭ ބިލް އިސްލާހުނުކޮށް މަޖްލިސް ޗުއްޓީއަށް ދިއުމުން އެމްއެމްސީގެ ކަންބޮޑުވުން
ހެއްކާބެހޭ ގާނުނުގެދަށުން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭތީ، މޯލްޑިވްސް މީޑިއާ ކައުންސިލްް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްއެމްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހުމަކީ އެ ކައުންސިލުން ކަންބޮޑުވާ ކަމެއްކަމުގައެވެ. "މި ކައުންސިލުން ގަބޫލު ކުރާ ގޮތުގައި ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އެ ގާނޫނު ދެމި އޮތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ފުރިހަމަ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއް," އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށްޓައި ސަރުކާރުން އަހަންމިއްޔަތުކަން ދޭ މިންވަރާ މެދު އެމްއެމްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މިހާރު ހެއްކާ ބެހޭ ބިލް އޮތީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭ ފަދަ ގޮތަކަށް," އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ގާނޫން އިސްލާހު ނުކޮށް އެތައް ދުވަހެއް  ވުމަށްފަހު ވެސް، އަލުން އެ ގާނޫނު އިސްލާހު ނުކޮށް އަނބުރާ ކޮމިޓީ އަށް ފޮނުވައިލުމަށް ފަހު މަޖިލިސް ޗުއްޓީ އަށް ދިޔުމުން އެކަމާ ވެސް އެމްއެމްސީއިން ކަންބޮޑުވާކަމަށް އެކައުންސިލުން ބުންޏެވެ. [embed]https://twitter.com/mmc_mv/status/1651459118098685953[/embed] ހެއްކާ ބެހޭ ބިލުގެ އެ މާއްދާއަށް އެމްއެމްސީގެ ފުރަތަމަ ހުށަހެޅުމަކީ އެ މާއްދާ ބިލުން އެއްކޮށް އުނި ކުރުމެވެ. ނަމަވެސް އެ މާއްދާ އެއްކޮށް އުނި ނުކުރުމަށް ނިންމަވާ ނަމަ، އެމްއެމްސީން ފާހަގަކޮށްފައިވާ ހުރިހާ ކަމަކަށް ބެލުމަށްފަހު ވީހާވެސް އަވަހަށް އެ ގާނޫނު އިސްލާހު ކުރުމަށް އެކައުންސިލުން ވަނީ ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ