- ހިޔާ ފްލެޓާ ވިނަރެސް ފްލެޓުގެ ކުލި ކުޑަކުރުން، ވިނަރެސް ފްލެޓުގެ ޑައުން ޕޭމެންޓް 50 ޕަސެންޓަށް ކުޑަކުރުން
- އަތޮޅުތަކުގެ ހައުސިން ޔުނިޓްގެ ކުލި ކުޑަކުރުން
- ރޯދަ މަހު ޔުޓިލިޓީ ބިލްތަކުން ޑިސްކައުންޓް
- އިގްތިސާދީ ސަރަހަައްދު ޑްރޯން ބޭނުންކޮށްގެން ދިވެހި ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން ބަލަހައްޓަން ފެށުން
- ރާއްޖޭގައި ތިބި ބޭރު ސިފައިންގެ ބޮޑު ބައެއް ފޮނުވާލުން (މޭ 10 ގެ ކުރިން ހުރިހާ ސިފައިން ފޮނުވާލާނެ)
- މަސްވެރިންނަށް ނުދެވި އޮތް ފައިސާ އެއްކޮށް ދައްކާ ހަލާސްކުރުން
- ބަލި މީހުން އުފުލަން އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުން

ހީނާގެ އެދިވަޑައިގަތީ ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަށް
ހީނާގެ އެދިވަޑައިގަތީ ސަރުކާރު ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަށް
ލިޔުން:
މި ސަރުކާރަށް މިވީ ފަސް މަސް ތެރޭގައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވިއްޖެ ކަމަށާއި، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަށް ޕީއެންސީ/ޕީޕީއެމް އިން މިއަދު އެދިއްޖެއެވެ.
މަޖިލީސް އިންތިހާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން މިއަދާ ހަމަޔަށް ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުރައްވަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ހީނާ ވިދާޅުވިއެވެ.
އެއަށް ފަހު އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާ ހީނާ ވިދާޅުވެ ދެއްވީ ރައީސް މުއިއްޒު ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދަވާ އަދި ކޮށްދެއްވާފައިވާ ބައެއް މުހިއްމު ކަންތައްތަކުގެ ލިސްޓެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
