
ހެލްތް މިނިސްޓްރީން އޭޑީކޭއަށް، ލައްކައަކަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ
ހެލްތް މިނިސްޓްރީން އޭޑީކޭއަށް، ލައްކައަކަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ
ލިޔުން:
އޭޑީކޭ ހޮސްޕިޓަލުން ހޯދި ހިދުމަތްތަކަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހެލްތު މިނިސްޓްރީގެ މައްޗަށް 130،000 ރުފިޔާ، އެ ހޮސްޕިޓަލަށް ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލްކޯޓުން މިދިޔަ އަންގާރަދުވަހު މިގޮތަށް ހުކުމްކޮށްފައިވަނީ، އޭޑީކޭއިން ހޯދި ހިދުމަތްތަކަށް މިނިސްޓްރީ އޮފް ހެލްތުން ދައްކަންޖެހޭ 325،000 (ތިންލައްކަ ފަންސަވީސްހާސް) ރުފިޔާގެ ތެރެއިން 130،000 (އެއްލައްކަ ތިރީސްހާސް ރުފިޔާ) ނުދައްކައިގެން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައެވެ.
މި ހިދުމަތްތައް ހޯދާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ހެލްތު މިނިސްޓްރީން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ 130،000 ރުފިޔާ ނުދައްކައި އޮތްކަމަށް އެނގެން އޮންނަކަމަށެވެ.
މި ފައިސާ ދެއްކުމަށް ހުކުމްގައި ބުނެފައިވަނީ ހުކުމް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.
އޭޑީކޭއަށް 130،000 ރުފިޔާ ދެއްކުމަށް ހެލްތް މިނިސްޓްރީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފައިވާއިރު، ފައިސާ ދައްކަންޖެހުނީ ކޮންކަހަލަ ހިދުމަތެއްކަން މި ގަޒިއްޔާގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
