"މަޝްވަރާކުރާނަން، ކަމާބެހޭ އިދާރާތަކުގައި ދަންނަވާނަން، މިހާރަށްވުރެ ރަނގަޅުގޮތަކަށް ޚާއްސަކޮށް އާއްމު ފަރުދުން، ހެލްތު އިންޝުއަރެންސްގެ ނިޒާމުގެތެެރެއިން ބައިވެރިވެގެން ކުރިއަށްދާއިރު، ތި ވިދާޅުވި ކަންތައް ބަލާދީ، ރަނގަޅުގޮތެއް ހަދާދިނުމަށް ދަންނަވާނަން،" ރައީސް ވިދާޅުވިއެވެ.

ހެލްތު އިންޝުއަރެންސް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދޭނަން: ރައީސް
ހެލްތު އިންޝުއަރެންސް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދޭނަން: ރައީސް
ލިޔުން:
އާއްމު ރައްޔިތުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ގދ.ގައްދޫ، ގުލްޒާރުވާދީ، ހުސައިން ތައުފީގް، ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އޭނާ ސުވާލު ކުރެެއްވީ އަމިއްލަ ފަރުދުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ލިބޭނެ ގޮތަކާމެދުގައެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން ބޮޑު އަގެއްގައި ހެލްތު އިންޝުއަރެންސް ނަގާއިރު، އިންޝުއަރެންސްގެ ގޮތުގައި ފައިސާ ލިބެނީ އަމިއްލައަތުން ފައިސާ ޚަރަދުކޮށްގެން ޑޮކްޓަރަށް ދެއްކުމަށްފަހު ކަމަށާއި، އަދި ޑޮކްޓަރަށް ދެއްކި ބިލްތައް ހުށަހެޅުމަށްފަހުގައިވެސް ބައެއް ހާލަތްތަކުގައި އިންޝުއަރެންސް ފައިސާ ނުލިބޭ ކަމަށް ޙުސެއިން ފާހަގަކުރިއެވެ. އަދި އަމިއްލަ ފަރާތްތަކަށް ހެލްތު އިންޝުއަރެންސުން ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާދިނުމާއި ގުޅޭގޮތުން ހުސެއިންވަނީ ސުވާލުކޮށްފައެވެ.
މިސުވާލަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ހެލްތު އިންޝުއަރެންސްގެ ނިޒާމަކީ ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމަކަށްވުމުން، ކަމާއިގުޅޭ ފަރާތްތަކާއެކު މިކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
