
އެޗްޑީސީން ހުޅުމާލޭގައި ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ފަށަނީ
އެޗްޑީސީން ހުޅުމާލޭގައި ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ފަށަނީ
ލިޔުން:
އެޗްޑީސީން ހުޅުމާލޭގައި ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ހިންގަން ރިދަމް ފިޓްނެސްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ރިދަމް ފިޓްނަސްއާ އެކު އެޗްޑީސީން ގާއިމްކުރި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ އޯނަރު އަޒީރާ ސޯދިގެވެ.
އެޗްޑީސީން ބުނި ގޮތުގައި ކަސްރަތު ޕްރޮގްރާމެއް ހިންގުމުގުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމެވެ. އެ ޕްރޮގްރާމާއި ބެހޭ މައުލޫމާތު ރިދަމް ފިޓްނެސްގެ އިންސްޓަރގުރާމް ޕޭޖުން ލިބެން ހުންނާނެކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ ކުރިންވެސް އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ތަފާތު ޕްރޮގްރާމްތަކެއް އެޗްޑީސީން ހުޅުމާލޭގައި ހިންގި އެވެ. ހުޅުމާލެގައި އުޅޭ ރައްޔިތުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ކުރުމަށް އެޗްޑީސީގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ އެޗްޑީސީން ބުނެއެވެ.
ރިދަމް ފިޓްނެސްއާ އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޮޑު ފާއިދާއެއް ވާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
