
އެޗްޑީސީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާ: ފަޒުލް
އެޗްޑީސީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާ: ފަޒުލް
ލިޔުން:
މިދިޔަ ސަރުކާރު ނިމުނުއިރު ހައުސިން ޑިވެމޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ވ.އަތޮޅު ފެލިދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، އެޗްޑީސީގެ ދަރަނި 10 ބިލިއަން ރުފިޔާގައި ހުރިއިރު، އެ ދަރަނި އެހާހިސާބަށް ގެނައުމުގައި ޒިއްމާނަގަން ޖެހޭ ފަރާތްތަކުން އެކަމުގެ ޒިއްމާ ނަގަންޖެހޭ ކަމަށެވެ.
ފަޒުލް ވިދާޅުވީ އެޗްޑީސީގެ އޮޑިޓް ރިޕޯޓްތައް ހަދައި ކަމާއިބެހޭ ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރަމުންދާ ކަމަށާއި، މިކަން ކުރަމުންދާތީ އަބުރު ކަތިލަމުން ދިޔަނަމަވެސް އެއްވެސް ފަރުވާލެއް ނެތްކަމަށެވެ.
އެޗްޑީސީއާ ހަވާލުވުމަށްފަހު އެކުންފުނީގެ ބެލުމުގެ ދަށުގައިވާ ހުޅުމާލެއާ، ތިލަފުށި އަދި ގުޅީފަޅުން ބިންތައް ހުރި ހާލަތު ބެލިކަމަށާއި، މި ބެލިބެލުމުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އެކިއެކި ފަރާތްތަކަށް ނުހައްގުން 50 ބިމެއް ދޫކޮށްފައިވާކަމަށް މި ޖަލްސާގައި ފަޒުލް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ނުހައްގުން ދޫކޮށްފައިހުރި ބިންތައް އަނބުރާ އެޗްޑީސީއަށް ނެގުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ފަޒުލް ވިދާޅުވީ މިދިޔަ ފަސް އަހަރުދުވަހުގެ ކުންފުނީގެ މާލީހިސާބުތަކަށް ބަލާއިރު، 800 މިލިއަނެއްހާ ރުފިޔާ އެޗްޑީސީއަށް ލިބެންޖެހި ނުލިބި ވާކަމަށެވެ. މި ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، މިއީ ކުންފުންޏަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
އެޗްޑީސީގެ ޖުމްލަ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާއިރު، އެ ކުންފުންޏަކީ ސަރުކާޜުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހަރުމުދާ ގިނަ ކުންފުންޏެވެ. އެޗްޑީސީގައި މަސައްކަތްކުރާ މުއައްޒަފުންގެ އަދަދު 1700 މަތީގައި އުޅޭއިރު، އެޗްޑީސީގެ މިލްކިއްޔާތުގައި ހުރި އެސެޓްތައް އެކުންފުންޏަށް ނުބެލެހެއްޓޭކަމުގެ ތުހުމަތުތައް މީގެކުރިން މިސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން ރައީސް ޑރ.މުއިއްޒު ވެސް ވަނީ ކެމްޕެއިން ދުވަސްވަރު އެޗްޑީސީގެ އަތުން ހުޅުމާލެ އަތުލައްވައި މާލެސިޓީގެ އިހުތިސާސްގެ ތެރެއަށް އެ ސިޓީ ހިމަނުއްވާނެކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
