
އެޗްޑީސީގެ ޗެއާމަނަކަށް ޒުހޫރު ހަމަޖައްސައިފި
އެޗްޑީސީގެ ޗެއާމަނަކަށް ޒުހޫރު ހަމަޖައްސައިފި
ލިޔުން:
ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަނަކަށް ރައީސް ޔާމިނު ސަރުކާރުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އަހުމަދު ޒުހޫރު ހަމަޖައްސަވައިފިއެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އަހުމަދު ޒުހޫރު އިއްޔެ ހަމަޖައްސަވާފައިވާއިރު، މިކަން ސަރުކާރުގެ ކުންފުނިތަކުގެ ބަލަދުވެރި ފަރާތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުންވެސް ވަނީ ޔަގީންކޮށްދީފައެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަނުކޮށްފައިވާއިރު، އޭނާއަކީ ރައީސް ޔާމީނު ސަރުކާރުގައި އެންމެ ގިނަ އިސް މަގާމުތައް ފުރުއްވި އެއް ބޭފުޅާއެވެ. މިގޮތުން ޒުހޫރު ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ޒުވާނުންގެ މިނިސްޓަރުކަމުގެ އިތުރުން ހެލްތު މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ހޯމް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރެއްވިއެވެ.
ޒުހޫރު ވަނީ މެރިޓައިމް އެފެއާޒްގެ އިތުރުން، އެކައުންޓިން އެންޑް ފައިނޭޝަލް މެނޭޖްމަންޓާއި، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
