މާލެ: 31°C

މަނީ ލޯންޑަރިންގެ ތުހުމަތު ހޯކްސްއަށް

January 29, 2025
126 ފަހަރު ބަލާފައި
މަނީ ލޯންޑަރިންގެ ތުހުމަތު ހޯކްސްއަށް
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓަކުން ރާއްޖެއަށް ސިއްރުން ސިނގިރެޓް އެތެރެކުރި މައްސަލައާ ގުޅިގެން އެ ކުންފުންޏަށް ކުރާ ތަހުގީގު ބިނާވެފައިވާ މައިގަނޑު އެއް ކުށަކީ މަނީ ލޯންޑަރިން ކުށް ކަމުގައި ފުލުހުން ބުނެފި އެވެ.

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓަކުން ރާއްޖެއަށް ސިއްރުން ސިނގިރެޓް އެތެރެކުރި މައްސަލައާ ގުޅިގެން އެ ކުންފުންޏަށް ކުރާ ތަހުގީގު ބިނާވެފައިވާ މައިގަނޑު އެއް ކުށަކީ މަނީ ލޯންޑަރިން ކުށް ކަމުގައި ފުލުހުން ބުނެފި އެވެ.

ރާއްޖެއަށް ސިއްރުން އެތެރެ ކުރަން އުޅުނު 1.69 މިލިއަން ސިނގިރޭޓު ސްޓިކްސް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފައި ވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ.

މި މައްސަލައިގެ ތަހުގީގު ބިނާވެފައި ވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރަން އުޅުމުގެ ކުށާ އަދި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑަރިން ކުށް ކަމުގައި ފާހަގަކުރި އެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ އެ ތަކެތި އަތުލައިގަތީ ހޯކްސްގެ އެޖެންޓުގެ ދަށުން އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގެ ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބެގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން މިއަދު ބުނީ ރާއްޖެއަށް 200 މާސްޓަ ކާޓަން މެންޗެސްޓަ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލަ އެ ހިދުމަތާއި ކަސްޓަމްސްއިން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ހޯކްސްގެ ފޮރިންގޮއިން އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޮކްޓޫބަރު 25 މަހުގެ ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގަ އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ