
ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު ހިމެނޭ ކޯހަކަށް ފަސް ފުލުހަކު އިންޑިއާއަށް ފުރައިފި
ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު ހިމެނޭ ކޯހަކަށް ފަސް ފުލުހަކު އިންޑިއާއަށް ފުރައިފި
ލިޔުން:
ފިޒިކަލް އަދި ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނުތައް ހިމެނޭ ގޮތުން ފުލުުހުންގެ މަސައްކަތަށް ބޭނުންތެރި ކޯހެއް ގައި ބައިވެރިވާން ފަސް ފުލުހަކު، އަވަށްޓެރި އިންޑިއާއަށް ފުރައިފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި މިއަދު ޖެހި ހަބަރުއްގައިވާ ގޮތުން "އައިޕީއެސް ޕްރޮބޭޝަނާސް ކޯސް" ގެ ނަމުގައި އިންޑިއާގެ ހައިދަރު އާބާދުގައި ކުރިއަށް ގެންދާ އެ ކޯސް ކުރިއަށް ދާނީ 10 މަސް ދުވަހުގެ މުއްދަތަކަށެވެ. އެ ކޯހުގައި ބައިވެރިވާން ހައިދަރު އާބާދަށް އިއްޔެ ފުރީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މާހިރު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްޢަތު ހުސައިން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ޝީޒާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރިޟްވާން އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޖަލީލްއެވެ.
އެ ކޯސް މައިގަނޑު ގޮތެއްގައި އޮންނާނީ ފުލުހުންގެ ފީލްޑް ޓްރޭއިނިންގެ އެކި ބައިތަކެވެ. އެގޮތުން ފިޒިކަލް ޓްރޭއިނިން އާއި ވެޕަން ޓްރޭއިނިން އިތުރުން މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތްކުގެ އަމަލީ ތަޖުރިބާ ހޯދައި ދިނުމާއި މޮޑެލް ޕޮލިސް ސޮޓޭޝަންްގައި މަސައްކަތްކުރުން ވެސް އެ ކޯހުގައި އޮންނާނެ އެވެ. އަދި މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް އެކޯހުގެ ބައިވެރިންނަށް ލިބޭނެ އެވެ. ފޮރެންސިކް މެޑިސިން، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑަރޝިޕް ފަދަ ފުލުހުންނާ ގުޅުންހުރި ދާއިރާތަކުން ވެސް އެ ކޯހުގައި ކިޔަވައިދޭނެ އެވެ.
އައިޕީއެސް ޕްރޮބޭޝަނާސް ކޯހަކީ އިންޑިއާއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކޯހެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
