
ހަތަރު މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި
ހަތަރު މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި
ލިޔުން:
މާލެއިން ފުރައިގެން ގދ.ދެއްވަދޫއަށް ދަތުރުކުރި "ބަލްމާ-6" ނަަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ތ.ގާދިއްފުށީ ކައިރީ އޮންނަ ފަރަކަށް އަރައިފިއެވެ.
އެމްއެންޑީއެފްއިން ބުނ،ީ ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރި މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 19:00 އެހާކަން ހާއިރު ކަމަށެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މިގޮތުން، އެމްއެންޑީއެފް އިން ބުނީ، މިއަދު ހެނދުނުން ފެށިގެން ޕަންޕު ބޭނުންކޮށްގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތް ސިފައިން ކޮށްފައިވާއިރު، އެ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ކަފު ޖަހައިގެން އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ވެސް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ސިފައިންނާއި ދޯނީގެ ފަޅުވެރިން ގުޅިގެން ކުރި މަސައްކަތުން ދޯނި ފުންކުރެވިފައިވަނީ މިއަދު 12:00 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
