"ހޭޒްލީން ފިހާރައިން ވިޔަފާރިކޮށްފައިވާ ކަން އެ ފިހާރައިގެ ކެމެެރާއިން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވޭ. މި ވަގުތަކީ އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުތައް ކެމެރާއަކުން ކަށަވަރުކުރެވޭ ހަމަ އެކަނި ވަގުތު،" ޝަތީފު ވިދާޅުވި އެވެ.އޭގެ ފަހުން އޭނާ ގެއަށް ގޮސްފައިވާކަން، އޭނާގެ ދަރިން ދިން މައުލޫމާތުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގެއިން އެދުވަހު ސައިބުއިކަމާއި 9:30 އާ 10:00 އާ ދޭތެރޭ ގޭގައި އުޅުކަން ވެސް ދަރިންގެ ބަހުން އެނގެ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އޭނާ އެރަށުގެ ކުނިގޮނޑުކައިރިން ފެނުނު ކަމަށް މީހަކު ބުނާ ކަމަށާއި މެންދުރު ނަމާދަށް މިސްކިތަށް ދިޔަ ކަމަށް ތިން މީހަކު ބުނާ ކަމަށް ވެސް ޝަތީފު ވިދާޅުވި އެވެ. އެހެން ނަމަވެސް އޭނާ އެދުވަހުގެ އަސުރު ނަމާދަށް ދިޔަކަން އެނގޭ މީހަކު ނެތް ކަމަށާއި އެކަމަކު ހަވީރު 6:00 އާއި 6:30 އާ ދެމެދު މިސްކިތް ކައިރިންނާއި ގޭގެ ކައިރިން ފެނުނު ކަމަށް ދެމީހަކު ބުނި އިރު ކެމެރާތަކަށް އަރާފައި ހުރީ ހަމަ އެކަނި އެހެން ބުނި މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިކަން ކަށަވަރުކުރަން އަޅުގަނޑުމެން ފުޓޭޖް ބެލި އިރުގައި މައުލޫމާތު ދޭ މީހުންގެ ހަރަކާތްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. މިސްކިތް ކައިރިން ފެނުނުކަމަށް ބުނާ އާދަމް ނިޔާޒު މި ބުނަނީ ތިމަންނާ ދަރިފުޅު ގޮވައިގެން ސައިކަލުގައި ދަނިކޮށް މިސްކިތް ކައިރިން ފެނުނު ވާހަކަ. [ފުޓޭޖުން] އަޅުގަނޑުމެންނަށް އެބަ ފެނޭ އާދަމް ނިޔާޒު ސައިކަލުގައި ދާ މަންޒަރު، ދަރިފުޅު ގޮވައިގެން،" ޝަތީފު ވިދާޅުވި އެވެ. އެއީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަސަންފުޅު އެންމެ ފަހުން އަރާފައި ހުރީ ގެކައިރި ފިހާރައިގެ ކެމެރާއަށް، ގަމީސް އޮތީ ގޭގައި!

ހަސަންފުޅު އެންމެ ފަހުން އަރާފައި ހުރީ ގެކައިރި ފިހާރައިގެ ކެމެރާއަށް، ގަމީސް އޮތީ ގޭގައި!
ލިޔުން:
އއ. މަތިވެރިން ގެއްލުނު ހަސަން އަލީ (ހަސަންފުޅު)، 72، އެރަށުގެ ކެމެރާއަކަށް އެންމެ ފަހުން އަރާފައި ހުރީ އޭނާ ގެއްލިގެން ރިޕޯޓްކުރި ދުވަހުގެ ކުރީ ދުވަހު (ޖެނުއަރީ 31 ވަނަ ދުވަހު) ކަމަށާއި އޭރު އޭނާ ލައިގެން ހުރި ގަމީސް އޭނާ ދިރިއުޅުނު ގެއިން ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުލުހުންގެ ނޯތު ސެންޓްރަލް ރީޖަންގެ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަތީފު ވިދާޅުވީ ޖެނުއަރީ 31 ވަނަ ދުވަހު މަތިވެރީގެ އެކި ސަރަހައްދުތަކުން ހަސަން އަލީ ފެނުނު ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެރަށުން ހޯދި ސީސީޓީވީ ކެމެރާ ފުޓޭޖްތަކުން އެކަން ކަށަވަރު ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަސަން އަލީ އެންމެ ފަހުން ފެނުނުކަން ކެމެރާއަކުން ކަށަވަރު ކުރެވޭ ވަގުތަކީ ޖެނުއަރީ 31 ވަނަ ދުވަހުގެ ހެނދުނު 9:05 ކަމަށާއި އެއީ އޭނާ ދިރިއުޅު ގެއާ އެއް މަގެއްގައި ހުންނަ ހޭޒްލީން ނަމަކަށް ކިޔާ ފިހާރައެއްގައި ހުއްޓައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
