މާލެ: 31°C

ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައާ ދެކޮޅަށް ވިޕް ނެރުނީ ދޮގު ތުހުމަތު ހުރުމުން: އަސްލަމް

February 13, 2023
2 ފަހަރު ބަލާފައި
ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައާ ދެކޮޅަށް ވިޕް ނެރުނީ ދޮގު ތުހުމަތު ހުރުމުން: އަސްލަމް
ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައާ ދެކޮޅަށް ވިޕް ނެރުނީ ދޮގު ތުހުމަތު ހުރުމުން: އަސްލަމް
ވައިގެ މަގުން ރާއްޖެއަށް ޑަރަގް އެތެރެކުރާ ބިދޭސީން، ރާއްޖެއަށް އެތެރެނުކޮށް އަނބުރައި ފޮނުވައިލެވޭ ގޮތަށް އިމިގްރޭޝަނުން ހެދި ގަވައިދާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަންނަން ވިޕް ނެރުނީ އެ މައްސަލައިގައި ދޮގު ތުހުމަތުތަކެއް އެކުލެވޭތީ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އިމިގްރޭޝަނުން ހެދި އާ ގަވައިދުގެ ބައެއް ބައިތައް ގާނޫނާ ހިލާފު ކަމަށް ވިދާޅުވެ، ހަސަން ލަތީފު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން ވިޕެއް ނެރުނު ނަމަވެސް އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ. އެ މައްސަަލަ ބަަލައިނުގަންނަން ވިޕް ނެރުމުން ހަސަން ލަތީފާއި އެހެން ބައެއް މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި ފަހުން، ފުރުސަތު ހޯއްދަވައިގެން އަސްލަމް ވިދާޅުވީ އެ މައްސަލަ ބަަލައި ނުގަންނަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕް ނެރުނީ މައިގަނޑު ދެ  ސަބަބަކާ ހެދި އެވެ. ފުރަތަމަ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅުމާއި މެދު ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާ ހޯދާފައި ނުވުމެވެ. ދެވަނަ ކަމަކީ އެ މައްސަލަައިގައި ސަރުކާރަށް ކޮށްފައިވާ ދެ ތުހުމަތެވެ. [embed]https://minivan.mv/80567/[/embed] "މި މައްސަލައިގައި ދެ ތުހުމަތެއް އެބަވޭ. އެއް ކަމަކީ ޑްރަގް ޓްރެފިކް ކުރުމަށް ސަރުކާރުން ޖާގަ ދެނީ ކަމަށް ބަޔާންކޮށްފައި އޮތް އޮތުން. ދެވަނަ ކަމަކީ ގާނޫނާ ހިލާފަށް ގަވައިދެއް ހަދާފައި އޮތް ކަމަށް ބަޔާންކޮށްފައި އޮތް އޮތުން. ގާނޫނާ ހިލާފަށް ގަވައިދެއް ހަދާފައިވާ ކަމަށް ވަނީ ނަމަ އެއަށް ދެން ޗެލެންޖް ކުރެވޭނީ ކޯޓުގައި،" އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ޖާގަ އޮތީ އާއްމު ގަވައިދުތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކަށް ބަދަލު ގެންނަން ކަމަށާއި އެ ނޫން ގަވައިދުތަކަށް މަޖިލީހުން ބަދަލު ނުގެނެވޭނެ ކަމަށެވެ. އަސްލަމް މިހެން ވިދާޅުވި އިރު ހަސަން ލަތީފުގެ ކުއްލި މައްސަލަައިގައި ހުށަހަޅުއްވާފައި އޮތީ ގަވައިދަށް މަޖިލީހުން ޗެލެންޖް ކުރާ ކަށް ނޫނެވެ. އޭގެ ބަދަލުގައި އެ މައްސަލައިގައި ހުށަހަޅުއްވާފައި އޮތީ ގަވައިދު އިސްލާހުކުރަން ސަރުކާރަށް ގޮވައިލުމަށެވެ. އަސްލަމް ގާނޫނާ ހިލާފަށް ސަރުކާރުން ގަވައިދެއް ހަދާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަޝިިޕުން ގަބޫލުނުކުރާ ކަމަށެވެ. އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ބޮޑެތި މައްސައްކަތްތަކެއް ކޮށްފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ