
"ހަސަން ކުރުސީ" ޓްވިޓާ އެކައުންޓުގެ އަސްލު ހޯދަން ނަޝީދު ފުލުހަށް
"ހަސަން ކުރުސީ" ޓްވިޓާ އެކައުންޓުގެ އަސްލު ހޯދަން ނަޝީދު ފުލުހަށް
ލިޔުން:
"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.
ނަޝިދު ކުރެއްވި ޓްވީޓެއްގައި ފުލުހަށް ހުށަހެޅުއްވި ސިޓި ހިއްސާކުރައްވަމުން ވިދާޅުވީ، ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން އޮޅުންއަރާކަމުގައެވެ.
ކުރުސީގެ ނަމުގައި ޓްވިޓާގައި އެކައުންޓެއް ހިންގަމުންދަނީ އެމަނިކުފާނު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
[embed]https://twitter.com/MohamedNasheed/status/1648215991934124033[/embed]
އެ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއްކަމަށް ބުނެ އޮޅުން އަރާތީ އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް ފުލުހަށް ފޮނުއްވި ސިޓީގައި ރައީސް ނަޝިދު ވިދާޅުވިއެވެ.
"އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސްއިން އެ ޓްވިޓާ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް އެދި ދެންނެވީމެވެ." އެސިޓިގައި ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ނަޝީދު ވަނީ އެ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއްކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ.
ހަސަން ކުރުސީ އެކައުންޓަކީ ވަރަށް ބޮޑަށް ނަޝީދަށް ތާއިދުކޮށް ޓްވީޓް ކުރާ އެކައުންޓެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
