"އަދި އެ އެކައުންޓުން ފަތުރަމުންދާ އިންޑިއާއާ ދެކޮޅު ހިޔާލުތަކަށް އަޅުގަނޑު ތާއީދެއް ނުކުރަން،" ނަޝީދު އިތުރަށް ވިދާޅުވެފައިވެއެވެ.[embed]https://twitter.com/MohamedNasheed/status/1744930781678764409[/embed] ކުރުސީ އެކައުންޓް ހިންގަވަނީ އެމަނިކުފާނު ނޫންކަމަށް މީގެ ކުރިންވެސް އެތައް ފަހަރަކު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ކުރުސީ އެކައުންޓްގެ ހަގީގަތް ހޯދުމަށް އެދިވަޑައިގެން މަައްސަލަވެސް ހުށަހެޅުއްވިއެވެ.

ހަސަން ކުރުސީ އެކައުންޓާ ދަރިކަނބަލުން މީރާއާ އެއްވެސް ގުޅުމެއް ނެތްކަމަށް ނަޝީދު ވިދާޅުވެއްޖެ
ހަސަން ކުރުސީ އެކައުންޓާ ދަރިކަނބަލުން މީރާއާ އެއްވެސް ގުޅުމެއް ނެތްކަމަށް ނަޝީދު ވިދާޅުވެއްޖެ
ލިޔުން:
ހަސަން ކުރުސީގެ ނަމުގައި 'އެކްސް' ގައި ހިންގާ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން ލައިލާ މީރާ ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ދެކެވޭ ވާހަކަތައް ރައީސް ނަޝީދު މިއަދު ދޮގުކުރައްވައިފި އެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްވުމުގައި، ހަސަންކުރުސީގެ އެކަައުންޓުން އިންޑިއާއާ ދެކޮޅަށް ޕޯސްޓް ކުރާތީ އިންޑިއާ މީހެއްކަމަށް ބެލެވޭ މީހަކު ވަނީ އެ އެކައުންޓަކީ މީރާ ޔޫކޭގައި ހިންގަވާ އެކަންޓެއްކަމަށް ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަސަން ކުރުސީ އެކައުންޓު ހިންގަނީ އެ މަނިކުފާނު ނޫންކަމަށާއި އެ އެކައުންޓާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެ މަނިކުފާނުގެ ދަރިކަނބަލުންގެ ވެސް އެއްްވެސް ބައިވެރިވުމެއް ނޯންނާނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
