
ހަސަން އާޒިމްގެ ފޭސްބުކް ޕޭޖުން: އިންތިހާބީ މެންބަރަކު މަރާލަން ސިހުރު ހެދުން
ހަސަން އާޒިމްގެ ފޭސްބުކް ޕޭޖުން: އިންތިހާބީ މެންބަރަކު މަރާލަން ސިހުރު ހެދުން
ލިޔުން:
ށ. ފުނަދޫގެ އިންތިހާބީ މެންބަރު މުޙައްމަދު މަމްދޫހު (މަންޑޭ) މަރާލުމަށް ސިހުރު ހެދިކަމުގެ ތުހުމަތުގައިި ފުނަދޫއިން މީހަކު ހައްޔަރުކޮށް، ސިހުރު ހެދުމަށް އޭނާ ގެންގުޅުނު ފޮތްތަކާއި ހެދި ސިހުރުގެ ބައެއް ބައިތައް ފުލުހުން މިހާރު ވަނީ ހޯދާފައެވެ. މިކަން ގުޅިފައިވަނީ ސިޔާސީ ވާދަވެރިކަމާ ކަމަށާއި އެމީހާ ފުނަދުއަށް ގޮސް ސިހުރު ހެދުމަށް އެހީތެރިވި ކަމަށް ފުނަދޫ މީހުން ތުހުމަތުކުރާ ބައެއް ޒުވާނުންގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އަދި ސިހުރުވެރިޔާގެ ބަނދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރިއެވެ.
ތިރީގައި ބަޔާންކޮށްފައި އެވަނީ މިމުނާސަބު ވަގުތުގައި ހަަސަން އާޒިމް އޭނާގެ ފޭސްބުކް ޕޭޖުގައި ސިހުރު ހެދުމާ ބެހޭ ގޮތުން ލިޔެފައިވާ ލިއުމެެކެވެ.
ސިހުރު ހެދުމަކީ ކާފަރުން ކުރާ ކަމެކެވެ. މުސްލިމެއްގެ ގޮތުގައި ހުރެ ސިހުރެއް ނުހެދޭނެއެވެ!
ސިހުރަކީ އިންސާނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ތަނަކަށް ނުވަތަ ކަމަކަށް ގެއްލުމެއް ދިނުމަށް އިންސާނަކާއި ޖިންނީންނާއި ދެމެދު ވެވޭ އަހުދެކެވެ. މި އަހުދުގައި އިންސާނާ ބައިއަތު ހިފަނީ ޖިންނީންގެ ތެރެއިން މިޒަމާނުގެ ބަހުން ކިޔާނަމަ ގޭންގެއްގެ ލީޑަރަކާއިއެވެ.
އިންސާނާގެ ހުށައެޅުމަކަށް ވާނީ އޭނާ އެ އެދޭ ކަންތަކުގައި އޭނާއަށް ޖިންނީން އެހީވެދީ އޭނާ ބޭނުންވާ ކަންތައް ޙާސިލުކޮށްދިނުމެވެ. މި އަހުދުގައި ޖިންނީންގެ އެދުމަކަށް ވާނީ އެކަން ކޮށްދޭމަތިން ސިހުރު ހަދާ މީހާ ﷲ އަށް ކާފަރު ވުމެވެ. އެގޮތަށް އޭނާ އެއްބަސްވެ އެއްމެ ފުރަތަމަ އޭނާ އިސްލާމްދީނުން ބޭރު ވާން ޖެހެއެވެ. ހަމަ އެއާއެކު ﷲ އާއި ރަސޫލާ އަށް ބަދު ބަސްތައް ބުނުމާއި ޝައިޠާނާއަށް ސަޖިދަ ޖެހުމާއި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމާއި ޤިބުލައަށް ކުރިމަތި ނުލާ ނަޖިހުން ޠާހިރު ނުވެ ނަމާދު ކުރުމާއި ކައިވެނި ހެޔޮ ނުވާ މީހުނާއި އެކުގައި ޖިންސީ ގުޅުން ހިންގުމާއި އޮރިޔާން ހާލުގައި ގަބުރުސްތާނާއި ފަޅުތަންތަނަށް ދިއުން ފަދަ ކަންކަން ޖިންނީން ސިހުރުވެރިޔާ އަށް ހުށައަޅައެވެ.
މި ސިހުރުވެރިޔާ މިކަން ކުރަނީ ޙަސަދަވެރި އެހެން އިންސާނެއްގެ ބުނާ ބުނުމަށެވެ! ސިހުރުވެރިޔާއަށް އުޖޫރަ ދެނީ އެ ޙަސަދަވެރިޔާއެވެ. ސިހުރު ހެދުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި ސިހުރުވެރިޔާގެ އުޤޫބާތަކީ ކަނޑިންޖަހާ ބޯ ބުރިކޮށްލުމެވެ. އެކަން ކުރާނީ ޙާކިމާގެ ފަރާތުން ދައުލަތުންނެވެ. ސިހުރުން ރައްކާތެރިވުމަށް ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިއުމާއި ރޭގަނޑު ގޭގައި ބަޤަރާ ސޫރަތް ކިޔެވުމުން ﷲ ގެ އިރާދަފުޅާއިއެކު ސިހުރުވެރިންގެ ކިބައިން ރައްކާތެރިކަން ލިބޭނެއެވެ!
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
