ހަށިވިއްކުމުގެ މައްސަލާގައި ހައްޔަރު ކުރި އިސް މިހާގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފި

ހަށިވިއްކުމުގެ މައްސަލާގައި ހައްޔަރު ކުރި އިސް މިހާގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފި
ލިޔުން:
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ އެމްޑީ ފައިޖުލް އިސްމާއިލް ކިޔާ ބަންގުލަދޭޝްގެ ފިރިހެނެކެވެ.
އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 26 އިން ފޭށިގެން 15 ދުވަސް ޖަހާާފައެވެ. އަދި ދުވަހުގެ މުއްދަތު ހަމަވެގެން ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް އިތުރު 15 ދުވަސް ދީފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ އިންޓެލިޖެންސް ރިޕޯޓުތަކާއި ފުލުހުންގެ ތަހުގީގު ރިޕޯޓުން އޭނާއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
އޭގެ އިތުރުން، އޭނާ އަކީ އެ ބާވަތުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ކޯޓުގައި އަމުރުގައި ބުނެފައިވެއެވެ.
މާލޭގައި ހަށި ވިއްކުމުގެ ތުހުމަތުގައި ފުލުހުން ވަނީ މިދިޔަ މަހު ވެސް 14 މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ހިއުމަން ޓްރެފިކިންގް ނެޓްވޯކެއްގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
