
ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް: ފަތުވާ މަޖިލިސް
ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް: ފަތުވާ މަޖިލިސް
ލިޔުން:
ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްވެސް ސިފައެއްގައި ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާއެއް ނެރެފިއެވެ.
ޓެޓޫ ޖެހުމުގެ ހުކުމް ބަޔާންކޮށް ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާގައިވަނީ މި ހުކުމަށް ވާސިލުވީ އެ މަޖިލީހުގެ މެމްބަރުން ދިރާސާކުރުމަށް ފަހުގައި ކަމަށާއި މިއީ ފަތުވާ މަޖިލީހުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ ބަސްފުޅުތަކާއި ބުއްދީގެ ހަމަތަކުގެ އަލީގައި ކުރި ދިރާސާއެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
https://twitter.com/fatwamajlis/status/1746441550362513444?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1746441550362513444%7Ctwgr%5E065b9cdb205794670e2ae3f5ec9ebe64ab902f13%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F341997
ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި ލިޔުންތަކާއި، ދޫންޏާއި، ޙައިވާނުތަކުގެ ސޫރަތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރުގެ ނިޝާންތައް ކުރަހާފައި ބެހެއްޓުމާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްވެސް ސިފައެއްގެ ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ޙަރާމް ކަމެއް ކަމަށެވެ.
"އެއީ، މިކަމަކީ މާތްﷲ ހައްދަވާފައިވާ މަޚްލޫޤެއްގެ، ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއްކަމުގައި އިލްމުވެރިން ވިދާޅުވާތީއެވެ." އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާގައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
