
ހަށިވިއްކުމުގެ ވިޔަފާރި ކުރާ ޓެލެގްރާމް ޗެނަލެއް ފުލުހުން ހުއްޓުވައިފި
ހަށިވިއްކުމުގެ ވިޔަފާރި ކުރާ ޓެލެގްރާމް ޗެނަލެއް ފުލުހުން ހުއްޓުވައިފި
ލިޔުން:
ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުން އައި ޓެލެގްރާމް ޗެނަލެއް ހުއްޓުވައި ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ "އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުން އައި ޓެލެގްރާމް ޗެނެލެއް ފުލުހުން އަތުލައިގަނެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި ޓެލެގްރާމް ޗެނަލްއަކީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭގޮތަށް ހިންގަމުންދިޔަ ޗެނަލެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެ ޓެލެގްރާމް ޗެނަލަކީ ހަށިވިއްކުމާއި އެ ނޫން ކުށްތައް ކުރުމަށް ވެސް މަގުފަހިކޮށްދޭ ޗެނަލެކެވެ. އެ މައްސަލަ އާއި ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ "ޖަޒީރާ އެޑްމިން" ގެ ނަމުގައި ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރަމުންދިޔަ ޓެލެގްރާމް ޗެނަލެއް ހުއްޓުވާފައެވެ. އެ މައްސަލާގައި ވަނީ ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރު ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ އޭޕްރީލްއިން ފެށިގެން ހުއްޓުވާފައި ޗެނަލްތަކުގެ ތެރޭގައި "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލަރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ޚަބަރު" ހިމެނެއެވެ.
ޓެލެގްރާމް މެދުވެރިކޮށް ޑްރަގާއި ރަލާއި ހަށިވިއްކުމުގެ ވިޔަފާރި އަދި ފޭކް ސެޓުފިކެޓު ހެދުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި އަދިވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
