ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބުނަނީ ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ އަށް ކަމަށް

ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބުނަނީ ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ އަށް ކަމަށް
ލިޔުން:
ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމަށް ތުހުމަތުކޮށް މިދިޔަ މަހު ހައްޔަރުކުރި މީހުންގެ ތެރެއިން އެއް އަންހެނަކު ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ކަމަށް ކޯޓުގައި ބުނެފި އެވެ.
އެއީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ހައްޔަރުކުރި ކަމަށް ބެލެވޭ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އެމްއެސްޓީ ބްރިސްޓީ އަހްތަރު ނަމަކަށްކިޔާ އަންހެނެކެވެ.
ފުލުހުން އޭނާ ކޯޓަށް ގެންގޮސް ދިން ބަޔާނުގައި ބުނީ ރާއްޖެ އައީ ޓޫރިސްޓް ވިސާގައި ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ކަމަށެވެ. އެކަމަކު އެ އަންހެން މީހާ ހުޅުމާލޭ "ތްރީ އިން ހޮޓެލް" ގައި ބުކިން ހައްދާފައިވާ ނަމަވެސް އެތަނަށް ގޮސްފައި ނުވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
ފުލުހުންގެ ބަންދުގައި އޭނާ ހުންނަތާ 27 ދުވަސް ވެފައިވާއިރު، ފިރިމީހާއާ ވާހަކަ ދައްކަން ފޯނު ނުދޭ ކަމަށް ބުނެ އޭނާ ވަނީ ކޯޓުގައި ޝަކުވާކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނީ ފޯނުކުރުމަށް އޭނާ އަށް ފުރުސަތު ދީފައިވާ ކަމަށާއި އޭނާ ގުޅި ނަމްބަރުތައް އޮންނަނީ ނިއްވާލާފައި ކަމަށެވެ. އޭނާ ގުޅި އެއްވެސް ނަމްބަރަކުން ފޯނު ނުނަގާ ކަމަށާއި އިއްޔެ އާ ނަމްބަރެއް ލިބިފައިވާތީ ފޯނު ކުރުމަށް ފުރުސަތު ދޭނެ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.
އިތުރަށް ފުލުހުން ކޯޓަށްދިން ބަޔާނުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރެވުނު ތަނަކީ ގެސްޓްހައުސްއެއް ގޮތަށް ބޭނުން ކުރަމުންދާ ތަނެއް ނަމަވެސް އެ ތަނަކީ ހުއްދަ ނަގައިގެން ހިންގާ ތަނެއް ނޫން ކަމަށެވެ. އަދި ހަށިވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ ދުރާލައި ރޭވިގެން ކަމަށާއި އެތަންތަން ބަލައިފާސްކުރިއިރު ހަށިވިއްކުމުގައި ގެންގުޅޭ ސާމާނު ގެސްޓް ހައުސްއެއްގެ ކޮޓަރިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޯޓުން ބުނި ގޮތުގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ.
ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން މިދިޔަ މަހު ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ވަނީ ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
