
ހަށިވިއްކި މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް 15 ދުވަސް ޖަހައިފި
ހަށިވިއްކި މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް 15 ދުވަސް ޖަހައިފި
ލިޔުން:
މާލޭގެ ސެލޫނެއްގައި ހަށިވިއްކި މައްސަލައެއްގައި ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
ހަށި ވިއްކި ކަމުގެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ތައިލެންޑުގެ އުމުރުން 22 އަހަރުގެ އަންހެނަކާއި އުމުރުން 39 އަހަރުގެ އަންހެނެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ ދެ މީހުން ވެސް ހަށިވިއްކި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވެއެވެ. މިގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި އެ އަންހެން މީހާ އެކި މީހުންނާއެކު ކޮށްފައިވާ ފޯނު މުއާމަލާތްތަކުގެ ސްކްރީންޝޮޓްތައް ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އެ ހެކިތަކަށް ބަލާއިރު އެ ދެ އަންހެނުން މަސައްކަތްކުރާ ސެލޫންގައި ހަށިވިއްކުމުގެ އަމަލު ހިންގާފައިވާކަން އެނގޭނެ ހެކިތައް ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައި ބަޔާން ކޮށްފައިވެއެވެ.
މީގެ އިތުރުން އެ ދެ އަންހެނުން މަސައްކަތްކުރާ ސެލޫން ތެރެ ފުލުހުން ބަލާ ފާސްކުރުމުން ބަރަހަނާ ހާލުގައި ތިބި ދެމީހުންނާއި ޖިންސީ އަމަލު ހިންގުމަށް ބޭނުންކުރާ އާލާތްތައް އެތަނުން ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
