
ހަށިވިއްކި މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި
ހަށިވިއްކި މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި
ލިޔުން:
މާލޭގައި ހަށިވިއްކި ކަމުގެ ތުހުމަތަށް ރޭ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނެއްގައި ރޭ، އެ ހަތަރު މީހުން ހައްޔަރުކުރީ 'ރޯޅި ގެސްޓް ހައުސް' ބަލާ ފާސްކޮށް، އެ ގެސްޓް ހައުސް އިން ކަމަށެވެ. ހައްޔަރު ކުރީ، 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސި ފިރިހެނަކާއި 31 އަހަރުގެ ބިދޭސި އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.
މިހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސި އަންހެނަކު ހައްޔަރު ކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހަށިވިއްކުމާއި ހިއުމަން ޓްރެފިކިން ފަދަ ކުށްތައް ރާއްޖޭގައި އިތުރުވެފައި ވާއިރު އެކަން ހުއްޓުވަން ފުލުހުން ދޭތެރެ ދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަ އެވެ. ހަށިވިއްކުމާއި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ފާއިތުވި އަހަރު ފުލުހުން 25 އޮޕަރޭޝަނެއް ހިންގި އެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ. އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
