ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި 13 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި 13 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ލިޔުން:
ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 13 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
އެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 8 ފިރިހެނަކާއި، ބަންގްލަދޭޝް އަންހެނެއްގެ އިތުރުން، ތައިލެންޑްގެ ހަތަރު އަންހެނުންނެވެ.
"މިނިވަން" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު އޭރު ވިދާޅުވީ، މި 13 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
ނަމަވެސް މި 13 މީހުންގެ 15 ދުވަހުގެ މުއަދަތު ހަމަވުމުން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ، އޭގެ ތެރެއިން 9 މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައެވެ. އަދި ދެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ އިރު، އެކަކުގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ. މީގެ އިތުރުން އެ މައްސަލައިގެ ހައްޔަރުކުރި އެކަކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ބުނީ، މި 13 މީހުން ހައްޔަރު ކޮށްފައިވަނީ، ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރާވައިގެން ހިންގާ ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ރާއްޖޭގައި ބިދޭސީން ފުޅާދާއިރާއެއްގައި އެކި ވިޔަފާރިތައް ކުރަމުންދާއިރު ގާނޫނާއި ގަވައިދާ ހިލާފް ގިނަކަންތައްތަކެއް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
