މާލެ: 31°C
ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފި

ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފި

January 27, 2024
3 ފަހަރު ބަލާފައި
ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފި
މާލެސިޓީގައި ހަށިވިއްކަމުން ދިއަ ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފިއެވެ. "މިނިވަން" މައުލޫމާތު ދެމުނުން ފުލުހުންގެ މީޑިއާ އޮފިިޝަލަކު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ވިއެޓްނާމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް ފަސްދުވަހުގެ މުއްދަތު ޖަހާފައެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށްބަލާތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ