މާލެ: 31°C
ހަށިވިއްކާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ހަށިވިއްކާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

July 22, 2023
2 ފަހަރު ބަލާފައި
ހަށިވިއްކާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
ހަށިވިއްކާކަމުގެ ތުހުމަތުގައި ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ހިންގަމުން ދިޔަ އަލޯރާ ސްޕާ އެންޑް ސެލޫން އިންނެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ އެތަނުގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފަިއވަނީ ބިދޭސީ ތިން އަންހެނުންނާއި ދިވެހި ދެ ފިރިހެނުންނެވެ. މިއީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކް ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރި އިރުވެސް އެތަނުން ބައެއް މީހުން ތިބީ ނިވާކަންކުޑަކޮށް ކަމަށެވެ. މި މީހުންގެ ތެރެއިން ބިދޭސީ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ 15 ދުވަސް ޖަހާފަ އެވެ. އަދި ދިވެހި ދެ މީހުންގެ ތެރެއިން 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާއިރު 39 އަހަރުގެ މީހާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ