
ހަށިވިއްކުމަށް ބޭނުންކުރި ޓެލެގްރާމް ޗެނަލްގެ މައްސަލައާ ގުޅޭ އިތުރު މީހަކު ހައްޔަރުކޮށް ދެ ފަހަރަށް މުއްދަތު ޖަހައިފި
ހަށިވިއްކުމަށް ބޭނުންކުރި ޓެލެގްރާމް ޗެނަލްގެ މައްސަލައާ ގުޅޭ އިތުރު މީހަކު ހައްޔަރުކޮށް ދެ ފަހަރަށް މުއްދަތު ޖަހައިފި
ލިޔުން:
ފުޅާދާއިރާއެއްގައި ހަށިވިއްކުމާއި އެނޫންވެސް ޖިނާއީ ކުށްތައް ހިންގުމަށް ޖަޒީރާގެ ނަމުގައި ބޭނުންކުރަމުން ދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ތުހުމަކުރެވޭ އިތުރު މީހަކު 60 އަހަރުގެ ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށް ދެ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިމައްސަލާގައި މާޗް މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ބޭނުންކުރަމުންދިޔަ ޓެކްސީގެ ޑްރައިވަރެވެ.
ފުޅާ ދާއިރާއެއްގަ ކުށުގެ އަމަލުތައް ހިންގުމަށް ޖަޒީރާގެ ނަމުގައި ބޭނުންކުރަމުންއައި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ތުހުމަކުރެވޭ ގިނަ އަދަދެއްގެ މީހުން އެބަތިބިކަމަށާއި އެފަދަ މީހުންގެ އެކައުންޓްތަކުން މިލިޔަނުން ފައިސާގެ ޓްރާންސެކްޝަންތައް ހަދާފައިވާކަން ފުލުހުންގެ ތަހުޤީގަށްވަނީ ހާމަވެފައެވެ.
މި މައްސަލައާ ގުޅިގެން ހަތަރު ތަނެއް ބަލާފާސްކޮށް މީގެ ކުރިން 28 އަހަރުގެ ފިރިހެނަކާއި، 39 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ މިޗެނެލަކީ ރާއްޖޭގައި މިހާތަނަށް މިފަދަ އަމަލުތައް ހިންގުމަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރި ޗެނަލްކަމަށާއި، ޑިސެމްބަރު މަހުން ފެށިގެން ފެބުރުވަރީ މަހާއި ދޭތެރޭ ވަރަށް ބޮޑަށް ޗެނަލް ބޭނުންކުރި މިންވަރު އިތުރުވެފައިވާއިރު، ޗެނަލްތައް ފޮލޯކުރާ މީހުންގެ އަދަދު 7000 އަރާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ އެކެއްގެ އެކައުންޓުން އަނެކެއްގެ އެކައުންޓްތަކަށް ބޮޑެތި އަދަދުން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން ތަޙުޤީގަށް ހޯދިފައިވާކަންވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކަޅުބާޒާރުގައި ޑޮލަރުވިއްކާ އަގުގެ ވާހަކަ ޝާއިރުކުރާ ފާރްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭގޮތް ހަދަނީ

ޕީޖީ އޮފީހުން މަސައްކަތްތައް ކޮށްފައި ހުންނާނީ މޫނަކަށް ކަނދުރާއަކަށް މަޤާމަކަށް ބެލުމެއް ނެތި: އައްބާސް ޝަރީފް

ފެންފުށީގަ މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި

ޖަލަށް ވައްދާ މޯބައިލް ސިމްކާޑުގެ ވެރިފަރާތަށް ޤާނޫނީ ފިޔަވަޅު އެޅޭކަން ކަށަވަރުކުރަން ކެބިނެޓުން ނިންމައިފި

މޯލްޑިވިއަނުން ފަތުރުވެރިންނަށް ޓިކެޓް ވިއްކާ އަގު ހެޔޮކުރަން ކެބިނެޓުން ނިންމައިފި

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
