މާލެ: 31°C
މަޝްރޫއުގެ ޚަރަދުކުޑަކުރުމަށް ހޮސްޕިޓަލްތަކުގެ ޑިޒައިނަށް ބަދަލު ގެންނަނީ

މަޝްރޫއުގެ ޚަރަދުކުޑަކުރުމަށް ހޮސްޕިޓަލްތަކުގެ ޑިޒައިނަށް ބަދަލު ގެންނަނީ

May 16, 2024
3 ފަހަރު ބަލާފައި
މަޝްރޫއުގެ ޚަރަދުކުޑަކުރުމަށް ހޮސްޕިޓަލްތަކުގެ ޑިޒައިނަށް ބަދަލު ގެންނަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އެވޯޑު ކޮށްފައިވާ ހޮސްޕިޓަލްގެ ކުރެހުންތައް ހުރީ ވަރަށް ވަރަށް ޚަރަދު ބޮޑުކޮށް ނޫނީ ކުރިއަށް ނުގެންދެވޭ ގޮތަކަށް ކަމަށް ވާތީ، ހަރަދު ކުޑަ ކުރުމަށްޓަކައި ހޮސްޕިޓަލްތަކުގެ ޑިޒައިނަށް ބަދަލު ގެންނަވާނެ ކަމަށް ހެލްތު މިނިސްޓަރު  ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މިހާރު އެވޯޑު ކޮށްފައި ހުރި މަޝްރޫއުތަކަށް ސްޓްރަކްޗަލް ބަދަލުތަކެއް ގެންނަނާނެކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ހޮސްޕިޓަލްތައް ކުރަހާފައި ހުރީ ވަރަށް ފޭންސީކޮށްކަމަށެވެ. މިހާރު ހުރި ޑިޒައިންތަކަށް 50 އެނދުގެ ހޮސްޕިޓަލެއް އަޅާނަމަ 185 މިލިއަން ރުފިޔާ ހޭދަވާކަމަށާއި، އަދި 30 އެނދުގެ ހޮސްޕިޓަލްތަކަށް 95 ނުވަތަ 35 މިލިއަނާއި ގާތަށް ހޭދަވާކަމަށެވެ. "ޑިޒައިންއަށް ގެންނަ ބަދަލެއްގެ ތެރެއިން، އަގުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ؛" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެވޯޑު ކޮށްފައި ހުރި ވަރަށް ގިނަ މަޝްރޫއުތަކެއް ނުފެށި އެބަހުރިކަމަށެވެ. އެގޮތުން ފަށަން ތައްޔާރުވެފައި ހުރި މަޝްރޫއުތައްވެސް އެބަހުރިކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި 50 އެނދާއި، 100 އެނދުގެ ހޮސްޕިޓަލްތަކުގެ މަޝްރޫއުވެސް އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ