މާލެ: 31°C

ހަންކެޑެ ތަރައްގީކުރުމާ ބެހޭ ގޮތުން ރައީސް އިތުރުފުޅެއް ނުހައްދަވާ: މިއުވާން

February 16, 2023
2 ފަހަރު ބަލާފައި
ހަންކެޑެ ތަރައްގީކުރުމާ ބެހޭ ގޮތުން ރައީސް އިތުރުފުޅެއް ނުހައްދަވާ: މިއުވާން
ހަންކެޑެ ތަރައްގީކުރުމާ ބެހޭ ގޮތުން ރައީސް އިތުރުފުޅެއް ނުހައްދަވާ: މިއުވާން
އައްޑޫ ސިޓީ ހަންކެޑެ ޓޫރިޒަމަށް ތަރައްގީކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެކަން ހަމަޖެހިފައި ވާތީ ކަމަށާއި އެކަމުގައި އެމަނިކުދާނު އިތުރުފުޅެއް ނުހައްދަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި "ރިޔާސީ ޕްރައިމަރީގެ އައްޑޫގައި ކުރެއްވި ކެމްޕޭންގައި ރައީސް ސޯލިހު،  ހަންކެޑެ ތަރައްގީކުރުމަށް ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށް، ޓޫރިޒަމް މިނިސްޓަރު މައުސޫމް މަޖިލީހުގެ ޖަލްސާގައި ހަންކެޑެ ތަރައްގީކުރުމަށް ފައިނޭންސް ހޯދަމުންދާ ކަމަށް ވިދާޅުވުމުން، ރައީސް ދެއްކެވި ވާހަކަފުޅު ވާނީ އިތުރުފުޅަކަށް ނޫންތޯ" ނޫސްވެރި އަކު ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ރައީސް އިތުރުފުޅު ނުހައްދަވާކަމުގައެވެ. " އެމަަސަކަތް ކުރިއަށް އެބަދޭ ، އެމްއެފްއެމްސީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެމަސައްކަތް ކުރިއަށް އެބަދޭ، އެމަަސައްކަތް ވަކި މަރުހަލާއަކަށް ދިޔާމަ ޓުވަރިޒަމް މިނިސްޓްރީއާ ހިސާބަށް އެކަން ދާނީ ، ރައީސް އިތުރުފުޅެއް ނަހައްދަވާ، އެކަން ހަަމޖެހިފަ އޮތީ އިނގޭތޯ " މިއުވާން ވިދާޅުވިއެވެ. ހަންކެޑެ ހަދަން ފަންޑު ލިބިފައިވާކަން މިއުވާން ޔަގީންކޮށްދެއްވި އިރު، މަޖިލީހުގައި ޓުވަރިޒަމް މިނިސްޓަރު ވެސް ވިދާޅުވީ ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމުގައެވެ. ހަންކެޑެއަކީ ދެކުނުގެ ފަތުރުވެރިކަމަށް މުހިންމު މަންޒިލެކެވެ. ހަންކެޑެ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ތަރައްގީކުރަން  ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ޑިސެމްބަރު 2، 2021 ގައެވެ. ހަންކެޑެ ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތުގެ ފޮޓޯތައް ވެސް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން މިއަދު އާންމުކޮށްފައިވެއެވެ. ފޮޓޯތަކުން ފެންނަގޮތުގައި ހަންކެނޑެ ތަރައްގީކުރަނީ ވަރަށް ފުރިހަމައަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ