މާލެ: 31°C

ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
March 30, 2023
2 ފަހަރު ބަލާފައި
ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫގައި ޓޫރިޒަމަށް ތަރައްގީކުރަން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ހަންކެޑެ ސަރަހައްދު، އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް، ހަންކެޑެއާ ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ. އެމްއެފްއެމްސީން ބުނީ ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތުގެ އީޕީސީ ކޮންޓްރެކްޓް (އިންޖިނިއަރިން، ޕްރޮކިއުމެންޓް އެންޓް ކޮންސްޓްރަކްޝަން ކޮންޓްރެކްޓް) ގައި ޗައިނާގެ ނެޝަނަކް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީސީ) އާ އެކު އެކުންފުނިން މިއަދު ސޮއިކޮށްފައި ވާ ކަމަށެވެ. އެހެން ނަމަވެސް އެކުންފުންޏާ މަސައްކަތް ހަވާލުކުރީ ކިހާ ވަރެއްގެ އަގަކަށް ކަމެއް އަދި ކިހާ ދުވަހެއްގެ ތެރޭގައި ނިންމާ ގޮތަށް ކަމެއް އަދި ނޭނގެ އެވެ. އެ އެއްބަސްވުމާ ބެހޭ ތަފްސީލެއް އެމްއެފްއެމްސީން އަދި ހާމަައެއް ނުކުރެ އެވެ. [embed]https://twitter.com/mfmc_mv/status/1641362735303651330?s=20[/embed] އެ ކުންފުނިން ބުނީ ހަންކެޑެ ތަރައްގީކުރަން ފެށުމަކީ އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމުގެ ބިންގާ އެޅުން ކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންދާނެ ކަމެއް ކަމަށެވެ. ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޖިން އާއި ޗައިނާއާއި ރާއްޖޭގެ އެހެން ބައެއް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމަށް ޓަކައި ހަންކެޑެ ތަރައްގީ ކުރުމަކީ އެކި ސަރުކާރުތަކުން ކުރިއަށް ގެންދަން އުޅުނު ނަމަވެސް ކުރިއަށް ނުގޮސް އޮތް މަސައްކަތެކެވެ. ޓޫރިޒަމް ޒޯނެއްގެ ގޮތުގައި އެ ސަަރަހައްދު ތަރައްގީކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ