
ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި
ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި
ލިޔުން:
ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެ މަޝްރޫއުއަކީ 28.90 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން މިއަދު ކުރި ޓްވީޓެއްފައި ބުނެފައިވެއެވެ.
[embed]https://twitter.com/MTCCPlc/status/1650398268738895873?s=20[/embed]
ބޮޑު އާބަދީއެއް އޮންނަ ރަށެއްގައި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދިފައި ނެތުމުން އެރަށުގެ ރައްޔިތުންނާއި އަދި ރަށަށް ޗުއްޓީ ހޭދަކުރަންށާއި އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައް ކުރަމުން އަންނަ ޝަކުވާތަކަށް ލުޔެއް ވަނީ ގެނެސްދީފައެވެ.
އެރަށުގެ މަގުތަކާއި މެދު ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބި މަގު ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ހައްލު ގެނެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ އެ މަޝްރުއުގެ ދަށުން 44،296 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18،871 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް އާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް އާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20،774 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނިގެން ދިޔަ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
