މާލެ: 31°C
މި ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބާއްވަނީ އުތުރުގެ ތަރައްގީއަށް ހުރަސްއެޅުމަށް: ފައްޔާޒު

2 ޖުލައި 2026
158 ފަހަރު ބަލާފައި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓުގެ ބޭނުން ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށާއި އެގޮތުން ދުނިޔޭގައި ކޮމާޝަލް ފުލައިޓު ތަކުގެ ގޮތުގައި އެންމެ ގިނައިން ފސިންޖަރުން އުފުލާ  ނެރޯބޮޑީ އެއާކްރާފްޓްތައް ކަމަށްވާ އެއާބަސް އޭ320 އާއި ބޮއިންގް 737 މަރުކާގެ ބޯޓުތައް އެ އެއާޕޯޓަށް ޖެއްސޭ ފެންވަރަށް ކަމަށެވެ.

އަދި އެ އެއާޕޯޓުގެ މަސައްކަތް ފެށުމާއެކު ތިލަދުންމަތީގެ ރައްށްތަކުގެ ބިމާއި އިންވެސްޓުމަންޓުގެ އަގު އުފުލުނު ކަމަށާއި، ނަމަވެސް ސަރުކާރުން އެ އެއާޕޮޓުގެ ބޭނުން ކުރަން ނުފަށާ އޮތުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަށެވެ.

އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ އިގުތިސާދީ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތައް ގެންނަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ