މާލެ: 31°C

ހަނިމާދޫން ބެންކޮކަށް އަދި ދުބާއީއަށް ދާ ދުވަސްތަށް އޮތީ ދާދި ގާތުގައި: ސްޓޭޓް މިނިސްޓަރު އިޔާދު

ހަނިމާދޫން ބެންކޮކަށް އަދި ދުބާއީއަށް ދާ ދުވަސްތަށް އޮތީ ދާދި ގާތުގައި: ސްޓޭޓް މިނިސްޓަރު އިޔާދު
May 16, 2023
2 ފަހަރު ބަލާފައި
ހަނިމާދޫން ބެންކޮކަށް އަދި ދުބާއީއަށް ދާ ދުވަސްތަށް އޮތީ ދާދި ގާތުގައި: ސްޓޭޓް މިނިސްޓަރު އިޔާދު
ބޮޑު ތިލަދުން މަތީގެ ރައްޔިތުން ހަނިމާދޫން ފުރައިފެން ސީދާ ބެންކޮކަށް އަދި ދުބާއީއަށް ދުބާއީއަށް ދާ ދުވަސްތަށް އޮތީ ދާދި ގާތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވެއްޖެ އެވެ. އިޔާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށާއި ބޮޑުތިލަދުންމަތީ ރައްޔިތުން ހަނިމާދޫ އިން ފުރައިގެން ސީދާ ދުބާއީ، މުންބާއީ އަދި ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށެވެ. https://twitter.com/iaadMV/status/1658484649839190017?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658484649839190017%7Ctwgr%5Eead4637a938ab86257c2fadb7d2ef9bf11e11560%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F308840 އިޔާދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުން ފްލައިޓްތައް އައިސް ތިލަދުންމަތީގެ ގެސްޓްހައުސްތައް ފުރާލާ ދުވަސް ވެސް އޮތީ ދާދި ގާތުގައިކަމަށެވެ. އިކޮނޮމިކް މިނިސްޓްރީ، ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޑިވެލޮޕްމަންޓް މަޝްރޫއުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައިކަމަށެވެ. އަދި ރަންވޭ ހެދުމާއި އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތްތަކާއި ބިން ހިއްކުމުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ގޮތުން ހަނިމާދޫ އެއާޕޯޓުގެ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ގެސްޓްހައުސްގެ ވިޔާފާރި ހިންގާ މީހުންނަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ